”ވާނުވާ“ ބަންދުގައި ތިބި މީހުން ޓެގް އެޅުވުމަށް ފަހު ޝަރުތުތަކާއެކު ދޫކުރަން ފަށައިފައިވާއިރު، މިހާތަނަށް ދޫކޮށްފައިވަނީ މަސްތުވާތަކެއްްޗާ ގުޅުންހުރި އެކިއެކި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިތި މީހުންކަން ހާމަވެއްޖެއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ވަނީ ފަށާފައެވެ.
މިހާތަނަށް މިފަދަ މައްސަލަތަކުގައި ބަންދު މުރާޖައާ ކުރުމަށްފަހު ދޫކޮށްލާފައިވާ މީހުންނަށް ބަލާއިރު، ކެނަބިސް ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ އިތުރުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުން ހިމެނެއެވެ.
އެމީހުން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތު ކުރުމަށްފަހު، 100 ދުވަހުގެ މުއްދަތަށް ޓެގު އަޅުވައިގެންނެވެ. އެގޮތުން އެމީހުން ދޫކޮށްލުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯޓުން އަންގާ ގަޑިތަކަށް ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ހިމެނެއެވެ.
”ވާނުވާ“ ބަންދުގެ މައްސަލައަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ޝަރީއަތް ނިމޭނެ ނުވަތަ ފެށޭނެ ދުވަހެއްވެސް ނޭންގޭ އެތައް މައްސަލަތަކެއް ހުރި އިރު ބަންދުގައި ތިބޭމީހުންނަކީ ކުށް ނުކުރާ މީޙެއްގެ ގޮތުގައިވެސް ބައެއް ފަހަރު މައްސަލަ ނިމޭ މީހުންނެވެ. އެހެންކަމުން އެކަމަށް ހައްލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރިއެވެ. އަދި މި މައްސަލައަށް ހައްލު ގެނައުމަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު އެއް ސިޔާސަތުވެސް މެއެވެ.
މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ވަނީ، ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާތައް ދެނެގަންނާނެކަމަށެވެ. އެގޮތުން، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަންސް ސާވިސް މެދުރިކޮށް، ޙާއްސަ އެސެސްމެންޓެއް ތައްޔާރުކުރެވޭނެކަމަށް ޕީޖީން ފާހަގަކޮށްފައިވެއެވެ. މި އެސެމެންޓަކީ، ޕީޖީ އޮފީހުގެ އެންގުމަށް ފުލުހުން ތައްޔާރުކުރާނެ އެސްމެންޓެއް ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.
މީގެއިތުރުން، ބަންދަށް ލުއިދިނުމުގައި އަމަލުކުރާނެ ގޮތް ވެސް ޕީޖީގެ ބަޔާނުގައިވެއެވެ. އެގޮތުން، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމް މެދުވެރިކޮށް ބަންދަށް ލުއިދެވޭނެކަމަށް ފުލުހުންގެ އެސްމަންޓުން ދެކޭނަމަ، އެ އެސެމެންޓުގައި ފުލުހުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ޕީޖީ އޮފީހަށް ލުއި ދެވިދާނެކަމަށް ފެންނަ ހާލަތުގައި،ް ބަނދު މުރާޖައާކުރުމަށް ކޯޓަށް ހުށަހެޅޭނެކަމަށް ޕީޖީން ވަނީ ބުނެފަ އެވެ. މިފަދައިން އަމަލުކުރެވެނީ، ޖިނާއީ އިޖުރާތުގެ ގާނޫގެ 66 ގެ މާއްދާގެ (ށ)ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުގެ ގޮތުގައެވެ.
މީގެއިތުރުން، ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖާކުރުން ކުރިއަށްގެންދާނެ އެވެ.
ޕީޖީން ބުނ ކޯޓުން މުރާޖައާ ކުރުމަށް ފަހު، ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ޝަރުތުކޮށްފައިވާ އެއްވެސް ކަމަކަށް ހިލާފުވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ޕީޖީން ކޯޓަށް އެދޭނެކަމަށެވެ.

