ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ކެނޑުން ފަދަ ހާލަތަކަށް ރާއްޖެ ތައްޔާރެއް ނޫން: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓު ކެނޑިގެންދިއުން ފަދަ ހާލަތްތަކަށް ރާއްޖެ ތައްޔާރުވެފައި ނެތުމުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، ސިވިލް އޭވިއޭޝަން ގާނޫނަށް ހުށައެޅިފައިވާ އިސްލާހުގެ ބޭނުން ތަޅުމުގައި އިސްލާހު ހުށައެޅުއްވި މެމްބަރުވަނީ ބަޔާންކުރައްވާފައިކަމަށެވެ. އަދި މި ގާނޫނަށް ތާއީދުކުރައްވާއިރު އެންމެ ބޮޑު ސަބަބަކީ ދުނިޔޭގައި މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި އިތުބާރު އުފެއްދުން ގޮތުގައި ފެނިގެންދާކަމަށް ފާހަގަކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، އިތުބާރުގެ ވާހަކަތައް ދައްކާއިރު ކަރަންޓު ކެނޑުނު މައްސަލައިގައި އެމްޑީޕީން ކުއްލި މައްސަލައެއްވެސް ހުށައަޅާފައިވަނި އެ މައުލޫގެ ދަށުންކަމަށެވެ. މެމްބަރު ވިދާޅުވީ، ރާއްޖެ އޮތީ އެފަދަ ހާލަތްތަކަށް ތައްޔާރުވެފައިނޫންކަމަށެވެ. އަދި އެއީ ވަކި ސަރުކާރެއްގެ ސަބަބުން މެދުވެރި ހާލަތެއްތޯ ބެލުން މުހިންމު ނޫންކަމަށް އަލިއެޅުއްވިއެވެ.

މެމްބަރު ވިދާޅުވީ، ކަން ދިމާވުމުން އެއީ ނުވާ ކަމެއްގެ ގޮތުގައި ހަދަން ޖާގައެއް ނޯންނަކަމަށެވެ. ކަރަންޓު ދިއުމުން ހެދޭނެ ގޮތެއް ނެތްކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދިމާވި ފެނުގެ ކާރިސާއަށްފަހު ފެން ނުލިބިވެސް ދުވަސްތަކެއް އުޅެންޖެހުނުކަމަށް ހިއްސާކުރެއްވިއެވެ. ނަމަވެސް އޭގެ ފަހުން ބަދަލުތަކެއް ގެނެސްފައިވާއިރު މިއަދުވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ހިނގައިގެންދާނެ ގޮތް ނޭނގޭކަމަށް ފާހަގަކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ މައްސަލަ ތަހުގީގުކުރައްވާނެކަމަށް ވިދާޅުވެފައިކަމަށެވެ. އަދި ސަރުކާރުންދަނީ އެހެން މާލީ ބަގާވާތެއްވެސް ތަހުގީގުކުރަމުންކަމަށާއި ނަމަވެސް ވީހިސާބެއް ސާފުނުވާކަމަށާއި މިއަދު އަނެއްކާ ކަރަންޓު ބަގާވާތެއް ފެންމަތިވެފައިވާކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ދިމާވި ހާދިސާއާއި ގުޅިގެން ވަރަށް ކަންބޮޑުވިކަމަށާއި ސަބަބަކީ އޭރު އެންމެ އިސްވެރިއެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވިއިރު މިކަމުގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅިގެންދިއުމުގެ ފުރުސަތު އޮތުމުންކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން އެނގޭނީ ތަހުގީގު ނިމުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: