ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އުޅަނދުތަކުގެ ތެރެއިން 560 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތުދެމުން ފުލުހުން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 568 އުޅަނދު ނައްތާލާފައިވާކަމަށެވެ.
މީގެ ތެރޭގައި 524 ސައިކަލާއި ހަތަރު ފުރޮޅުލީ 44 ވެހިކަލް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޓޯ ކުރާ އުޅަނދުތައް ނައްތާލަނީ އެ އުޅަނދުތަކާ ހަވާލުވުމަށް މުހުލަތެއް ދިނުމަށްފަހު ނުގެންދިއުމުންނެވެ.

