ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑު އުޅަނދެއް ހަދިޔާ ކުރަނީ!

އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރަނީ/ ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮސްޓްރޭލިއާއާއި ދިވެހިރާއްޖޭގެ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާ ކުރުމަށް އެ ގައުމުން ނިންމައިފި އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައި ވަނީ، ކަނޑުގެ ހައިޑްރޯގްރެފިކް އިކުއިޕްމަންޓާއި ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެކެވެ.

މި މައުލޫމާތު ހާމަކޮށްފައި ވަނީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރ ޗިޗާރޑް މާލްސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނާއި އެކު އޮތް ބައްދަލުވުމުގަ އެވެ. އަސްކަރިއްޔާގެ އިސްވެރިން ވެސް ބައިވެރިވި މި ބައްދަލުވުމަށް ފަހު، ދެ ފަރާތުން ވެސް ގުޅިގެން ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ވަނީ ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު އިޔާސްއާއި، ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

ދިފާއީ ދާއިރާއާއި، ސަލާމަތާއި، ސަރަޙައްދީ ހަމަޖެހުމުގެ ރޮނގުން، ދެ ގައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާ ބައްދަލުވުން ބާއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޣައްސާން ވިދާޅުވީ އަސްކަރީ އުޅަނދެއް ހަދިޔާ ކުރެއްވުމަށް އޮސްޓްރޭލިއާ ނިންމެވި ނިންމެވުމަކީ ރާއްޖޭގެ އަސްކަރީ ގާބިލުކަމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް އިސްކަމެއް ދެއްވަނީ ދިވެހިގެ ސަލާމަތާއި ރައްކާތެރިކަމަށްކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ، އެ މަސައްކަތުގައި ގައުމުތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

މިފަދަ މަސައްކަތެއް ސަރުކާރުން ކުރާއިރު އިންސާނީ ވަސީލަތްތައް އިތުރުކޮށް، ތަމްރީނުތައް އިތުރަށް ފުޅާ ކުރަން ޖެހޭކަމަށް ޣައްސާން ވިދާޅުވި އެވެ. ޣައްސާން ވިަޅުވީ ތަމްރީނުތައް ހިންގުމަށް މިވަގުތު އެންމެ ބޮޑު އެއްބާރުލުމެއް ލިބޭ ގައުމަކަށް އޮސްޓްރޭލިއާ ވާނެކަމަށެވެ. އަދި މިހާރު އަނެއްކާވެސް އެ ގައުމުން ހަދިޔާ ކުރާ އުޅަނދުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ބޮޅެއް އިތުރުވެގެން ދާނެކަމަށް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ހަދިޔާ ކުރާ އުޅަނދުގެ ފިނިޝިންގެ މަސައްކަތްތައް މިހާރު ދަނީ ކުރިޔަށެވެ. މިއ އުޅަނދު ރާއްޖެއަށް ލިބޭނެކަމަށް ބެލެވެނީ އަންނަ އަހަރެވެ. މި އުޅަނދާއި ގުޅޭގޮތުން ރިޗާޑް ދެއްކެވި ވާހަކައިގައި ވިދާޅުވީ، އަސްކަރީ ގޮތުން އެހީވުމަށް ވުރެ މިއީ ގައުމުތަކުގައި އޮންނަން ޖެހޭ ގުޅުމުގެ ތެރެއިން ދިން ހަދިޔާއެއް ކަމަށެވެ.

މި ބައްދަލުވުމުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އެ ގައުމަށް ވެސް މުހިންމު ކަމަށެވެ. އަދި ގައުމުތަކުގެ އިގްތިސާދާއި، ވިޔަފާރީގެ ކުރިއެރުމުގެ ނަޒަރުން ބަލާއިރު ވެސް އެކަމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުއްވާލައްވައި ރިޗާޑް ވިދާޅުވީ، ދެ ގައުމުން ކުރިޔަށް އޮތް ތަނުގައި ވެސް އިސްކަމެއް ދޭނީ އެކުގައި ކުރިޔަށް ދިއުމަށް ކަމަށެވެ. އަދި މި ގުޅުމުގެ ރަމްޒެއްގެ ގޮތުންނާއި އެކު ދިވެހިރާއްޖޭގައި އޮސްޓްރޭލިއާގެ ސަފީރެއް ހުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

މަޝްވަރާ ބައްދަލުވުންތަކަށް ރިޗާޑް ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށިއަށް ވަޑައިގަތުމުން ދިވެހި ސިފައިން ވަނީ އޮނަރގާޑެއް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: