ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު އީދަށް ހާއްސަކޮށްގެން އަގުހުރި އިނާމުތަކާއި އެކު ދިރާގުގެ ތަފާތު އޮފަރތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު އީދަށް ހާއްސަކޮށްގެން ތަފާތު އޮފަރތަކެއް އަގުހުރި އިނާމުތަކާއެކު ދިރާގުން ތައާރަފްކޮށްފިއެވެ.

ދިރާގުން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައި ބުނެފައިވަނީ އީދު ފަދަ މުނާސަބަތުތަކުގައި ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އީދު ފާހަގަކުރުމަށް ކަސްޓަމަރުންނާ ގުޅިގެން، ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަފާތު އަގުހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. މި އޮފަރތަކުގެ އެހީގައި އާއިލާއާއި ރައްޓެހިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ޙަސަން ޝާރިޙް އާދަމް ވިދާޅުވިއެވެ.

މި ގޮތުން މިއަދު ލޯންޗުކުރި ޕްރޮމޯޝަންތަކަކީ:

  • ރީލޯޑް އެންޑް ފްލައި: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ މަތިން ރިލޯޑްކޮށްގެން 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗަރުއް ހޯދުމުގެ ފުރުސަތު.
  • އީދު ސްޓްރީމިންގ އެޑްއޮން: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްޓްރީމްކުރުމަށް އެންމެ 20 ރުފިޔާއަށް 25ޖީބީ.
  • ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.
  • ފްރީ އަޕްގްރޭޑް ޕްރޮމޯ: ދިރާގު ފައިބަރ ބްރޮޑްބޭންޑް ޕްކޭޖަކަށް އިތުރު އަގަކާ ނުލާ މުޅިން ހިލޭ އަޕްގްރޭޑް ކުރެވުން.
  • ފައިބަރ ބްރޮޑްބޭންޑް ގުޅައިދިނުން ހިލޭ: ދިރާގު ފައިބަރ ބްރޮޑްބޭންޑް ހިދުމަތް ނަގާ ކަސްޓަމަރުންނަށް ސެޓަޕް އަދި ރައުޓަރ މުޅިން ހިލޭ.
  • 100ޖީބީ ޑޭޓާ އެޑްއޮންއާ އެކު އިތުރު 25ޖީބީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ ކޮންމެ އެޑްއޮންއަކާއެކު އިތުރު 25ޖީބީ މުޅިން ހިލޭ.
  • ސަޅި ކުއާޓަލީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ކުއާޓަލީ އެޑްއޮން އެކްޓިވޭޓްކޮށްގެން 180ޖީބީ އާއެކު އިތުރު 50ޖީބީ އަދި ދިރާގު ކޯލްތައް މުޅިން ހިލޭ.
  • ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓަރބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ.
  • އީދަށް އަންލިމިޓެޑް މޫވީޒް: ދިރާގުއެޕްގެ އީޒޯން މެދުވެރިކޮށް ލަޔަންސްގޭޓްޕްލޭ އެކްޓިވޭޓްކުރާ ފަރާތްތަކަށް ފިލްމު ބަލާލުން މުޅިން ހިލޭ.

މި ހުރިހާ އޮފަރތަކެއް ވެސް 10 ޖޫން 2025ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެއެވެ. މީގެ އިތުރުން ވެސް އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ދިރާގުން ވަނީ ބައިވެރިވެފައެވެ. ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: