މި އަަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮދު ޖަމާއަތުގައި ނަމާދުކުރާނެ 4 ސަރަހައްދަކާއި އީދު ނަމާދުކުރެވޭނެ އިތުރު 24 މިސްކިތެއް މިިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިއުލާންކޮށްފިއެވެ.
1146 ވަނަ އަހަރުގެ އަޟްޙާ އީދު ދުވަހަކީ 2025 ޖޫން 6 ވަނަ ދުވަހެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި އަޟްޙާ ޢީދު ނަމާދު ކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި އަޟްޙާ ޢީދު ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ހަތަރު މައިދާނެއް މިނިސްޓްރީން އިއުލާންކުރި ސަރަހައްދުތަކުގެ ލިސްޓުގައިވެއެވެ.
އޭގެތެރޭގައި މާލެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ހުޅުމާލެ ސިންތަޓިކް ޓްރެކްގެ އިތުރުން ވިލިމާލެ ފުޓްބޯޅަދަނޑުގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދު ހިމެނެއެވެ.
މީގެއިތުރުން، މިނިސްޓްރީގެ ލިސްޓުގައިވާ،
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުލްމަލިކި ސަލްމާން
- މަސްޖިދުލްފުރުޤާން
- މަސްޖިދުއްނޫރު
- މަސްޖިދުއް ޝަޙީދު ޢަލީ
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- ވަގުތީ މިސްކިތް ( ބޮޑުގެ )
- މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
- މާފަންނު އާމިސްކިތް
- މަސްޖިދުއްސަލާމް
- ސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
- މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
- މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)
- މަސްޖިދު އަޞްދިޤާގައިވެސް އީދު ނަމާދުކުރުމުގެ އިންތިޒާމްތައްވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އެހެންނަމަވެސް، މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާއިއެކު އީޑު ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި، އީދު ބޮޑު ޖަމާތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު އުސޫލުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދުކުރެވޭ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރެވޭނެކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

