ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދުގެ ފާހަގަކުރުމުގެ ހަރަކާތްތައް އިސްލާމީ ހަމަތަކުގެ ތެރޭގައި ބެހެއްޓުމަށް އިލްތިމާޒްކުރަން: މިނިސްޓްރީ އޮފް ސިޓީސް

އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އަޟްހާ އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތަކުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓު އެންޑް ޕަބްލިކް ވާރކްސްއިން އިލްތިމާޒްކޮށްފިއެވެ. މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ އަޟްހާ އީދަކީ ދިވެހިރާއްޖެއަށާއި މުޅި މުސްލިމު އުންމަތަށް އަންނަ މަތިވެރި އަދި އުފާވެރި ދުވަހެއްކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހީންނަކީ ޒަމާނުއްސުރެ ކުލަގަދަގޮތެއްގައި އަޟްހާ އީދު ފާހަގަކުރަމުންދާ ބައެކެވެ. ”އޭގެ ސަބަބުން ދިވެހީންގެ މެދުގައި އޮންނަ އުޙުއްވަތްތެރިކަމާއި އެއްބައިވަންތަކަން އާލާވެ، ދިވެހީންގެ އިޖުތިމާއީ ފޭރާން އިތުރަށް ވަރުގަދަވެގެންދެއެވެ،“ މިނިސްޓްރީން ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އީދު ދުވަސް ފާހަގަކޮށް، އުފާފާޅުކުރުމުގައި އިސްލާމީ ހަމަތަކުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަށް ބާރުއަޅައެވެ. އަދި އިސްލާމްދީނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހުދޫދުގެ މަތިން ރާއްޖެތެރޭގެ ހުރިހާ ރަށެއްގައި އީދު ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި ހިންގުމަށް ސަރުކާރުން ހިތްވަރުދެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ، އަޟްހާ އީދު ފާހަގަކުރުމުގައި އިސްލާމްދީނުގެ ހުއްދަކުރައްވައިފައިވާ ގޮތުގެމަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. 1146 ވަނަ އަހަރުގެ އަޟްޙާ އީދު ދުވަސް އަންނާނީ 2025 ޖޫން 6 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: