ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ވަޒީރުންގެ އަމަލުތައް ހުންނެވި ގޮތުން ބޯހިޔާވަހިކަމުގެ މަސައްކަތްތައް އެންމެ އެދެވޭ ބާރުމިނުގައި ކުރިއަށް ނުގޮސްދާނެ: ޝަރީފް

ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސެއިން ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެބިނެޓުގެ ބައެއް ވަޒީރުންގެ އަމަލުތައް ހުންނެވި ގޮތުން ބޯހިޔާވަހިކަމުގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑުގައި ދާހެން ހީފުޅުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެފައެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ހުސެއިން ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވައުދުފުޅެއް ކަމަށެވެ. މެމްބަރު ވިދާޅުވީ އެހެންނަމަވެސް ރައީސްގެ ކެބިނެޓުގައި ތިއްބަވާ ބައެއް ވަޒީރުންގެ އަމަލުތައް ހުރި ގޮތުން އެކަން ދާން ޖެހޭ އެންމެ އަބަސް މިނުގައި ނުދާހެން ހީވާކަމަށެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ މެމްބަރެއްގެ ހައިސިއްޔަތުން އެވާހަކަ އެހެން ވިދާޅުވާން ޖެހޭ ކަމަށް މެމްބަރު ހުސެއިން ފާހަގަކުރެއްވިއެވެ.

ހުސެއިން ވިދާޅުވީ ދޮޅު އަހަރު ވެގެން ދިޔައިރު ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފެށިގެން ނުގޮސް އޮތުމުން އެ ސުވާލު ވަރަށް ގިނަ ރައްޔިތުން އުފައްދާ ކަމަށެވެ. އެހެންނަމަވެސް 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ބޯހޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވުމުން އެކަމުގެ ތަސައްލީއެއް އޮތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

”ހުންގާނުގައި ހުންނެވި އަޅުގަނޑުމެންގެ މާލިމީ ވަރަށް ޔަގީންކަން އެބަ ދެއްވާ އަޅުގަނޑުމެންނަށް އެ ވައުދުވެލެއްވި ކަންތައް ފުއްދަވައި ދެއްވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން އަދިވެސް އުއްމީދުގައި ވަރަށް ޔަގީންކަމާއެކު މިތިބި،. އަޅުގަނޑު ހަމަ ގައިމުވެސް ޔަގީނުން މިތިބީ. ހާއްސަކޮށް މި ފަސް އަހަރު ތެރޭގައި ދަފްތަރަށް ނިސްބަތްވާ، ހާއްސަކޮށް މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާ ވަހިކަން ކަށަވަރު ވެގެން ދާނެ ކަމަށް“

މެމްބަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި، އިންޑިޔާގެ އެލްއޯސީއީގެ ތެރެއިން ބޯހިޔާވަހިކަމަށް ފަށައިގެން ދިޔަ 4000 ހައުސިންގ ޔުނިޓު މަޝްރޫއުވެސް 6 އަހަރު ތެރޭގައި ނުނިމިގެން އުޅުއްވާ ކަމަށެވެ. ހުސެއިން ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތްތައް ބަލައި، އަދި އެކަމުގެ ތަޖުރިބާ އަށް ބަލާނަމަވެސް، މެމްބަރުގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމަށެވެ.

މީގެއިތުރަށް ހުސެއިން ވިދަޅުވީ ރޭވުންތެރިކަމުގައި މަސައްކަތްތަކެއް ކޮށްފިނަމަ ރައްޔިތުން ބޭނުންވާ މަގުސަދު ހާސިލު ވާނެ ކަމަށެވެ. އަދި އެކަން ހާސިލު ނުކޮށް ރައްޔިތުންގެ ހެޔޮ ބަހެއް، ނުވަތަ ރައްޔިތުން ކުރި އުންމީދުގައި ހަގީގީ ކުލަ ނުޖެއްސޭހާ ހިނދުގައި އެ ލޯބި ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭކަމަށް ހުސެއިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: