ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ގޭބިސީތަކަށް މިދިޔަ މަހުގެ ކަރަންޓުގެ ބިލު ވެސް ސަރުކާރުން ކަނޑައެޅި އާ ޓެރިފް ރޭޓްގައި ދޫކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން މިރޭ ބުނީ މެއި މަހުގެ ކަރަންޓު ބިލު ވެސް ތައްޔާރުކޮށްފައިވާނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ.
ސްޓެލްކޯއަކީ މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުުރުން ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެނީ:
-
އދ. އަތޮޅުގެ މާމިގިލި ފިޔަވާ އެ އަތޮޅުގެ ހުރިހާ ރަށަކަށް
-
ވ. އަދި އަތޮޅުގެ ހުރިހާ ރަށަކަށް
-
ކ. އަތޮޅުގެ ހުރާ ނޫން ހުރިހާ ރަށަކަށް
ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. ރައީސް އެ ދުވަހު ވިދާޅުވި ގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށް އެކަން ތަންފީޒު ކުރުމަށް އަންގަވާފައިވަނީ މި ފެށުނު ޖޫން މަހުން ފެށިގެނެވެ.

