ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާހުގެ ”ދަ ގާޑަންސް“ ޕްރޮޖެކްޓްގެ މަސައްކަތްތައް ނިންމަން އާރުސީސީއަށް!

ޖާހުގެ ފްލެޓްތައް: ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރާ ”ދަ ގާޑަންސް“ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފިއެވެ.

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި ”ދަ ގާޑަންސް“ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައިވެއެވެ. އެހެން ނަމަވެސް ޕްރޮޖެކްޓު ނިންމާފައި ނުވާތީ، ހައުސިން ޑިވެލޮޕްމެންޓ ކޯޕަރޭޝަން (އެޗްޑީސީ) އާއި ޖާހު އިންވެސްޓްމަންޓު ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ނިންމާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.

އެ މައްސަލައިގައި އޭރު އެޗްޑީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، ބޯޑުން ނިންމައި، އެ ނޯޓިސް ދިނީ ޖެނުއަރީ 27 ގައިކަމަށެވެ. އަދި އެ ނޯޓިސްގައި ބަޔާން ކުރާ މުއްދަތުކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހުގެ ފަރާތުން ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، އެއްބަސްވުން ބާތިލުކޮށް ޕްރޮޖެކްޓް ޖާހުގެ އަތުން ނަގާނެކަން އެންގިކަމަށް ބުންޏެވެ.

އެޗްޑީސީ ބުނީ އެ ކުންފުންޏަށް ދިން މުއްދަތުގެ ތެރޭގައި، ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައިނުވާކަމަށެވެ. އެހެންވެ އެ މައްސަލައިގައި، އެ ކުންފުންޏާއި އެޗްޑީސީ ދެމެދުވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް މާޗު 16 ގައި އަންގާފައިވާކަމަށް މައުލޫމާތު ދިނެވެ.

މީގެއިތުރުން އެޗްޑީސީން ބުނެފައި ވަނީ އެއްބަސްވުން ބާތިލު ކުރުމަށް ފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކާއި ހިއްސާކުރާނެ ކަމަށެވެ.

މި އެޅި ފިޔަވަޅު އެޅި ސަބަބެއްކަމަށް އެޗްޑީސީ ބުނެފައި ވަނީ ޖާހު އިންވެސްޓްމަންޓުން އެޕާޓްމަންޓު ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: