ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޭޓާ މާލެ ސަރަހައްދުގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

އީދު ހަވީރެއްގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ޢީދުހަވީރު 1446″ގެ ޝިއާރުގެ ދަށުން  ގްރޭޓާ މާލެ ސަރަހައްދުގައި ގައުމީ ފެންވަރުގައި އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

ހަރަކަތާތްތަކާއި ގުޅޭ މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނެފައި ވަނީ، ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ޢީދުހަވީރު 1446“ ގެ ހަރަކާތްތައް 2025 ޖޫން 6 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން، މި ތިން ދުވަހުގައި ހަރަކާތްތައް ކުރިއަށް ގެންދަން ހަމެޖެހިފައިވާ ވަގުތަކީ، އެ ދުވަސްތަކުގެ ހަވީރު 16:00 އިން 18:00 އަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މީގެއިތުރުން، ރޭގަނޑު 20:30 ގައި އީދު ފާހަގަކުރުމުގެ ގޮތުން ސްޓޯލްތައް ކުރިއަށް ގެންދާނެކަމަށްވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

އެމްއެންޑީއެފްއާއި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއިއެކު އީދު ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން އިންތިޒާމުކޮށްފައިވާއިރު، މި ހަރަކާތްތައް އޮންނާނީ، ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައިކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތްތައް ފަރުމާކޮށްފައިވަނީ ގިނަ ބަޔަކަށް ބައިވެރިވޭނެގޮތައްކަމަށާއި، އެކި އުމުރުުފުރާގެ ކުދިންނާއި މީހުންވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމެނޭގޮތަށް ކަމަށް އެމްއެންޑީއެފްއިން ބުނިއެވެ. އެގޮތުން، މި ހަރަކާތްތަކަކީ، ރާއްޖޭގެ އިހުގެ ސަގާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލާނެ ހަރަކާތްތަކެއްކަމަށާއި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުން މި ހަރަކާތްތަކުގައި ހިމެނޭކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގެ ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ. އެގޮތުން،  އެ ސްޓޯލްތައް ފަރުމާކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެ ގޮތަކަށް ކަމަށާއި  ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމެނޭނެކަމަށް އެމްއެންޑީއެފްއިން ބުނިއެވެ.

އީދު ދުވަހުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ އިތުރުން، އެމްއެންޑީއެފްގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގަން ހަމަޖެހިފައިވާއިރު، ސިފައިންގެ ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް އެމްއެމްޑީއެފްއިން ބުނެފައިވެއެވެ.

މ އަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި މާލެ ސަރަހައްދުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިފަދައިން ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: