ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ”އީދު ބޮލަށް ގޮން“: 2 ޑީޖޭއައި ޑްރޯން ހޯދުމުގެ ފުރުސަތު!

"އީދު ބޮލަށް ގޮން"ގެ ނަމުގައި ކުރިއަށްގެންދާ ފޯރިގަދަ ސޯޝަލް މީޑިއާ ގިވްއަވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން ”އީދު ބޮލަށް ގޮން“ގެ ނަމުގައި ކުރިއަށްގެންދާ ފޯރިގަދަ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިގެން އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ، ދިރާގު އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސްގައިވާ މި ގިވްއަވޭގެ ހާއްސަ ޕޯސްޓުތަކުގެ ކޮމެންޓް ބައިގައި ”އީދު ބޮލަށް ގޮން“ ޖަހަން ބޭނުންވާ ރައްޓެހިން ޓެގްކުރުމެވެ. އަދި، ކިތަންމެ ގިނަ ރައްޓެހިންނެއް ކިތަންމެ ފަހަރަކު ވެސް ޓެގް ކުރެވޭނެއެވެ. އެހެންކަމުން، ކޮންމެ ޓެގްއަކާއެކު އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

”އީދު ބޮލަށް ގޮން“ ގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯ މެދުވެރިކޮށް 3 ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ނަސީބުވެރިންނަށް އަދި އެ ފަރާތްތަކުން ޓެގް ކުރި ފަރާތަށް ކަނޑައަޅައިފައިވާ އިނާމުތަކަކީ:

  • ފުރަތަމަ އިނާމު: 2 ޑީޖޭއައި ޑްރޯން
  • ދެވަނަ އިނާމު: 2 އެޕަލް އެއަރޕޮޑްސް (ތަރޑް ޖެނެރޭޝަން)
  • ތިންވަނަ އިނާމު: 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗް

މި ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު 11 ޖޫން 2025 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

ދިރާގުން ދަނީ އެކިއެކި ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ތަފާތު އެކި ހަރަކާތްތައް އަގުހުރި އިނާމުތަކާ އެކު ކުރިއަށްގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: