ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ 5 ވަނަ އޭޓީއާރް ގެނެސްފި

އޭޓީއާރް ގެނައުމުގެ ރަސްމިއްޔާތު: ފޮޓޯ/ މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަންއިން އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ފަސްވަނަ އޭޓީއާރް އެއަރކްރާފްޓް ގެނެސްފިއެވެ.

ގައުމީ އެއަރލައިން މޯލްޑިވިއަން އިން މި އުޅަނދު ގެނައުުމަށް ތައްޔާރުވެފައިވާކަން ހާމަކުރީ ދާދި ފަހުންނެވެ. މިހާރު އުޅަނދު ރާއްޖެއަށް ގެނެސްފައިވާއިރު ޖެއްސުމާއިއެކު އެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ވޯޓާރ ސެލިއުޓް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މޯލްޑިވިއަންއަށް އެންމެ ފުރަތަމަ އޭޓީއާރް މަތިންދާ ބޯޓު ގެނެސްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު މި ފަލްއިޓު ގެނައުމުގެ ކުރިން އޭޓީއާރް އޭޓީއާރް72 މަރުކާގެ 70 ފަސިންޖަރުންގެ ފްލައިޓާއި އޭޓީއާރް42 މަރުކާގެ 46 ފަސިންޖަރުންގެ ފްލައިޓް ބޭނުން ކުރަމުން އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވިއަންއަކީ ވެލާނާ އެއަރޕޯޓުން ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރާ ކުންފުންޏެކެވެ. އޭޓީއާރްގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުން ޑޭޝް 8 މަރުކާގެ ފްލައިޓާއި އެއަބަސް އަދި ސީޕްލޭންތައްވެސް އޮޕަރޭޓްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: