ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރުން އޮތީ ކަނޑުގެ ދުޅަހެޔޮކަމުގައި : ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔޭގެ ދުޅަހެޔޮކަން ފެށިގެން އަންނަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުތަކާ ބެހޭ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށާއި، އެއީ ދިރިއުޅުމުގެ ބިންގާ ކަމުގައެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގިނަގުނަ މަންފާތައް ލިބެމުންދަނީ ކަނޑުގެ ސަބަބުންނެވެ. ނަމަވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ފެން ހޫނުވެ، މަސްމަހާމެހީގެ އާބާދީއަށް ބަދަލު އައިސް، އަދި ގޮނޑުދޮށްތައް ގިރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ.

”ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން، ކަނޑުތަކުގެ މުހިންމުކަން ދެނެގަނެ، އިޙްތިރާމްކޮށް އަދި ރައްކާތެރިކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތްކުރަން ޖެހޭ. މިއީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކަނޑުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކަނޑުތައް ތަޣައްޔަރުވިޔަ ނުދިނުމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި، އަދި ކަނޑުގެ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ދިރިއުޅުން ބިނާވެފައިވާ ކަނޑުތައް ރައްކާތެރިކޮށް، މުސްތަޤުބަލުގެ ޖީލުތަކަށް މި މުހިންމު ވަސީލަތް ރައްކާތެރިކޮށްދިނުމަކީ މިއަދު ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: