ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ އިސްލާހެއް އައުމަކީ ރައްޔިތުން ބޭނުންވި ގޮތް: މަމްދޫހު

ފުނަދޫ ދާއރިާގެ މެންބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައުމަކީ އެމްޑީޕީ ސަރުކާރާއި މެދު އެންމެ ބޮޑަށް ނުރުހުންވާ ސަބަބުކަމަށް ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މަމްދޫހު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ، ރައްޔިތުން ބޭނުންވި ގޮތް ކަމަށެވެ. ސަރުކާރުގެ އެތެރޭގައި ބާރު އޮވެމެ، ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަމުން އެމްޑީޕީއަށް މި އިސްލާހުތަކާއި މެދު ނުވިސްނުނު ސަބަބަށް ސުވާލު އުފައްދައި މަމްދޫހު ވިދާޅުވީ މަޖިލީހުގައި މީގެ ކުރިން ފެނިގެން ދިޔައީ ރައްޔިތުންގެ ރޫހާއި ދެކޮޅަށް މަސައްކަތް ކުރި މަންޒަރު ކަމަށެވެ.

މަމްދޫހު ވިދާޅުވީ 20 ވަނަ މަޖިލީހުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ފެށުމާއި އެކު އެމްޑީޕީ ބޭނުންވީ މަގުމަތި ހަލަބޮލިކޮށް ރައްޔިތުންގެ ހިތުގެ ތެރޭގައި ސަރުކާރާއި މެދު ސުވާލު އުފެއްދުމަށް ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީއަކީ އަމިއްލަ އެދުން ބޮޑު ޕާޓީއަކަށްވުންކަމަށް މަމްދޫހު ވިދާޅުވި އެވެ. އަދި އެމްޑީޕީ އެދެނީ އަމިއްލަ މުށު ތެރޭގައި ހުރިހާ ބާރެއް އޮވެ، ޖުޑިޝަރީއާއި މެދު ބޭނުން ގޮތަކަށް އަމަލު ކުރުންކަމަށް މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ވާހަކަތައް ފަތުރަނީ އެމްޑީޕީކަމަށާއި، އެއީ އެމްޑީޕީ ބޭނުންވާ ގޮތްކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ އަދުލު އިންސާފާއި ޖުޑިޝަރީގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އޮތް ޕާޓީއެއް ނޫންކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގެ ހިނގި ބައެއް ކަންކަމުގެ މިސާލު ނަންގަވައި މަމްދޫހު ވިދާޅުވީ، އެ ޕާޓީ ބޭނުންވި ގޮތަށް މުވައްސަސާތަކުން ފެށިގެން ގޮސް ކޯޓުތަކުގެ ފަނޑިޔާރުން އައްޔަނު ކުރަމުން ދިޔަކަމަށެވެ.

އެމްޑީޕީއަކީ ފަސް އަހަރުގެ ދައުރެއް ނިންމާލި ޕާޓީއަކަށްވާއިރު، ރައްޔިތުންގެ ހައްގުގައި ކުރެވުނު އެއްވެސް މަސައްކަތެއް ދެއްކުމަށް މަމްދޫހު ވިދާޅުވި އެވެ. އަދި ޖުޑިޝަރީގެ ތެރެއިން ކަށަވަރުކޮށްދެވުނު ހައްގަކީ ކޮބައިތޯ ވެސް ސުވާލު އުފެއްދި އެވެ.

އަޅުގަނޑުމެން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ހަގީގަތުގައި، ކުރިން ފާހަގަކޮށްލިހެން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުން ބޭނުންވެފައި ތިބި ކަންކަން… އެހެން ނަމަވެސް މަޖިލީހުގެ މެޖޯރިޓީއާއި ސުޕަ މެޖޯރިޓީ ލިބިގެން މި އިސްލާހު ގެނެވިފައި ނެތް.. ރައްޔިތުންނަށް ހަގީގީ ބާރު ދީފައި ނެތް..

މަމްދޫހު ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ އެ ޕާޓީއަށް ނުގެނުނު އެތައް ބަދަލެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތަންފީޒު ކުރެވުމެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަކަށް ނޫނެކޭ ބުނެ، މި ސަރުކާރު ގެނައި އެތައް ސަބަބެއް މިއަދު ފެންނަމުންދާކަމަށް ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ، ޖެހިގެން އައި އަހަރު ރައްޔިތުންވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް ޕީއެންސީއަށް ދީފައިކަމަށާއި އެހެންކަމުން އެމްޑީޕީން އެކަން ގަބޫލުކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެތައް ދޮގުތަކެއް ހަދައިގެން އެމްޑީޕީން މި ސަރުކާރު ހިންގުމަށް ޖާގަ ނުދިނުމަށް މަސައްކަތްކުރާ މަންޒަރު ފެނިގެންދާކަމަށެވެ.

މީގެއިތުރުން މަމްދޫހު ވިދާޅުވީ ޖުޑިޝަރީ އިސްލާހުގެ ޓެގު ބޭނުކޮށްގެން ބޭނުންވި ގޮތަށް ސުޕްރީމް ކޯޓު ބަދަލުކޮށްލުމަށް އެމްޑީޕީ މަސައްކަތް ފެށީ ވެސް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: