ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެނިންގޯކޮކަލް ބަލީގެ އިތުރު ކޭސްއެއް އަދި ނުފެނޭ، ކޮންޓެކްޓް ޓްރޭސިން ދަނީ ކުރިޔަށް: އެޗްޕީއޭ

ފްލޫ ކްލިނިކެއްގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއްކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ބައްޔަށް މިހާތަނަށް ޓެސްޓު ކުރި އިތުރު މީހަކު ޕޮޒިޓީވްވެފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާއި އެއްކޮށް އުޅުނު މީހުން ގާތުން މޮނީޓަރ ކުރަމުން ގެންދާ ކަމަށެވެ. އަދި މިހާތަނަށް އޭނާއާއި ކޮންޓެކްޓުވިކަމަށް ދެނެގަނެވުނު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވެފައި ނުވާކަމަށް މައުލޫމާތު ދިނެވެ.

މެލޭޝިއާއަށް ކުރި ދަތުރަކަށް ފަހު އެނބުރި އައި 24 އަހަރުގެ ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވިއިރު، އޭނާ ވަނީ މެނިންގޯކޮކަލްއަށް ޕޮޒިޓިވްވެފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި އެކަން އެޗްޕީއޭއިން ހާމަކުރީ މީގެ އެއް ދުވަސް ކުރިންނެވެ.

އެޗްޕީއޭ ބުނި ގޮތުގައި އެ ބަލީގެ ކޭސްއެއް ފެނުމުން، މައުލޫމާތުތައް އެއްކޮށް އެ ދުވަސްތަކުގެ ތެރޭގައި އެއްކޮށް އުޅުނު އެންމެން ހޯދައި ބަލިން ރައްކާތެރި ކުރުމަށް ޕްރޮފައިލްލެކްޓިކް ބޭސް ދީފައިވާކަމަށެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅާފައިވާނެކަމަށް ވެސް މައުލޫމާތު ދިނެވެ.

މީގެއިތުރުން އެޗްޕީއޭއިން ބުނީ އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ އިތުރު މަސައްކަތްތައް ކުރަމުން ގެންދާކަމަށެވެ.

މިދުވަސްވަރު މާލޭގެ ސަރަހައްދުގައި ވައިރަލް ހުމެއް ވެސް ދަނީ ފެތުރެމުންކަން ފާހަގަކުރެވެ އެވެ. އަދި އެޗްޕީއޭ ވަނީ ރޯގާ ޖެހި، ހުން އައިސް ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: