މޫސުން ގޯސްވާނެކަމަަށް ލަފާކޮށް ރާއްޖޭގެ ދެކުނު ސަަރަހައްދުގެ ފުވައްވުމުލަށް ސިޓީއަށާއި އައްޑޫ ސިޓީއަށް ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ. މި ސަމާލު ދެމި އޮންނާނީ މިއަދު މެންދުރު 13:30 ފެށިގެން އިރުއޮއްސި 6:30 އާ ހަމަޔަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެމުން ބުނެފައިވަނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލޭ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގެ ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ.
މީގެއިތުރުން، ކަނޑުތައް ވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
މި ދުވަސްވަރަކީ އީދު ބަންދު ދުވަސްވަރަށްވުމާއި އެކު، ކަނޑުގެ ދަތުރުފަތުރު ކުރަން ރާވައިފައިވާ ފަރާތްތަކަށް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައެވެ.

