ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ. -- ފޮޓޯ: | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ޑްރާފްޓަށް ހިޔާލު ހޯދުމުގެ މަސައްކަތްތައް ފައްޓައިފިއެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އެ މިނިސްޓްރީންވަނީ މޯލްޑިވްސް 2.0 މަޝްރޫއުގެ ދަށުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ޑްރާފްޓަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުން މި ބިލާއި ގުޅޭޣޮތުން ލިބޭ ހުރިހާ ހިޔާލެއް އާންމުކުރާނެއެވެ. އަދި މިގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށް ފާހަގަކޮށްފައިވެއެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުން މި ބިލުގެ މަގުސަދަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާކުރުމަާއި ރައްޔިތުންނާއި ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ހަލުވިކަމާއިއެކު ދިނުމުގެ މަގު ފަހިކުރުމެވެ. އެހެންކަމުން ބިލާއި ގުޅޭގޮތުން ހިޔާލު ހޯދުމަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މި ޕްރޮޖެކްޓަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެ ދަށުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް ބުނެފައިވެއެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމާއި، ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ ޕްލެޓްފޯމެއް ތަރައްގީކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: