ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެކުރީގައި ވެރިން ވައުދުވީ ގައުމަށް ނުކަތާވަރަށް، ތަންފީޒު ކުރުމުގެ ނިޔަތެއް ނެތި: ހުސެއިން

ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސެއިން ޝަރީފް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރީގައި ސިޔާސީ ވެރިން ވައުދުވަމުން ދިޔައީ، އެ ތަންފީޒު ކުރުމުގެ ނިޔަތަށް ވުރެ ބޮޑަށް ތާއީދު ހޯދުމުގެ ބޭނުމުގައިކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ހުސެއިން ވިދާޅުވީ، ކޮންމެ ވެރިއެއް ވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައްޔިތުންނަށް ވަރަށް ގިނަ ފޮނި ވައުދުތައްވާކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ވައުދުތައް ފުއްދައި، ނަތީޖާތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެވެނީ ކިތަށް ވެރިންނަށްތޯ މެމްބަރު ސުވާލު އުފެއްދި އެވެ.

ހުސެއިން ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި ވެރިންނާއި ލީޑަރުން ދައްކަވާފައި ހުންނަ ވާހަކަތައް އަހަރުތަކެއް ފާއިތުވެގެން ދިޔަސް ރައްޔިތުންގެ ހަނދާނުގައި އެކަމެއް ހަރުލާފައި ހުންނަކަމަށެވެ. ހާއްސަކޮށް ރައްޔިތުންނަށްވާ ބޮޑެތި ވައުދުތައް ނުފުއްދި ދާ ހާލަތުގައި، އެ ވާހަކައެއް އަބަދުމެ ދެކެވޭކަމަށް ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުންގެ މިޒާޖަކީ ގައުމާއި އިގްތިސާދު އަދި މާލިއްޔަތަށް ނުކަތާވަރަށް ރައްޔިތަކު އެދިލާއިރަށް ވައުދުވުންކަމަށެވެ.

ޔައުމިއްޔާ ކުރެވެމުން ދާނީ.. އެހެންވީމަ ދައްކާ ވާހަކައެއް.. ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެވާ ވައުދެއް ފުއްދަން ކޮންމެ މީހަކު ވެސް ބޭނުންވާނެ… ނުކަތާވަރަށް ނުވާނެ މިންވަރަށް… ރައްޔިތަކު ހަމަ އެދިލާއިރަށް ވައުދުވޭ އެބަ..

ކޮންމެ 15 މިނެޓަކުން ލޭންޑު ކުރާ އެއާޕޯޓުތައް ދުނިޔޭގެ އޮތީ ކޮން ގައުމެއްގައިތޯ ސުވާލު ކުރައްވައި ހުސެއިން ވިދާޅުވީ ކޮންމެ ރަށެއް އެދޭއިރަށް ރަނގަޅު ދިރާސާއެއް ނުވަތަ އީއައިއޭ އެސެސްމެންޓާއި ހިލާފަށް އެއާޕޯޓު އެޅުން އެއީ ރަނގަޅު ވިސްނުމެއް ނޫންކަމަށެވެ.

މީގެއިތުރުން ހުސެއިން ވަނީ މި ސަރުކާރުން ގެންގުޅުއްވާ، 20 އަހަރުގެ ގައުމީ ދުރުތާސްތާ ޕްލޭން ފާހަގަކުރައްވާފަ އެވެ. އަދި އެ ވިސްނުމަށް ތައުރީފް ކުރައްވައި ވިދާޅުވީ އެ ސިޔާސަތުގެ ދަށުން އާބަން ސެންޓަރުތައް އެޅުން ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެއާއި އެއްގޮތަށް ދާއިރާތަކަށް ބޭނުންވާ ތަރައްގީ ގެނެވޭނެކަމަށް ހުސެއިން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: