1146 ވަނަ އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ތިބޭ ކުދިންނަށް ދިވެހި ފުލުހުންގެ ހިދުމަތުންނާއި ޖަމިއްޔާތަކުގެ ފަރާތުން ޙާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތްތަކާއި ގުޅޭ މައުލޫމާތުބ ދެމުން މިނިސްޓްރީ އޮފް ސޯޝަލް އެންޑު ފެމިލީ ޑެވެލޮޕްމެންޓުން ބުނީ، ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި މެންދުރުގެ ކެއުމަކާއެކު ފުލުހުންގެ ފަރާތުން ”ވަރަށް ލޯބިން“ މި ނަމުގައި ހާއްސަ ހަރަކާތެއް ހިންގައިފައިވާކަމަށެވެ.
އެގޮތުން، ހުޅުމާލެގެ ފުރަތަމަ ފިޔަވަހީގެ ފުލުހުންނާއި އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އެކުދިންނާއިއެކު އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކޮށްފައިވާކަމަށް ބުންޏެވެ.
މީގެއިތުރުން، އެހީ ޖަމިއްޔާއާއި އިންޓާރނޭޝަނަލް އެއިޑް ކެމްޕެއިން، އަދި އަލް އަސްރުގެ ފަރާތުން ވަނީ ހުޅުމާލެ ފިޔަވަތީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުދިންނަށް އީދު ހަދިޔާ އަދި އީދު ކެއުން ހަދިޔާކުރައްވައިފައެވެ.
މި ހަރަކާތްތަކުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފިޔަވަތި މެނޭޖްމަންޓުގެ ފަރާތުން ދެއްވި އެއްބާރުލުމަށް އެހީ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޖަމިއްޔާ ޖަމާތްތަކުގެ ފަރާތުން އިތުރު އެހީވެރިކަން ފޯރުކޮށްދޭނެކަމަސްވެސް އެހީ ޖަމިއްޔާއިން ވަނީ ފާހަގަކުރައްވައިފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުޑަކުދީންނަށް ހާއްސަކޮށްގެން ވަރަ ގިނަ ހަރަކާތްތައް ހިންގާކަން ފާހަގަކޮށްލެވެއެވެ.

