ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އެހީއާއިއެކު ބިނާކުރާ ކައުންސިލް އިދާރާތައް: ފީސިބިލިޓީ ސްޓަޑީ ހަދަން އެ ގައުމުގެ ވަފުދެއް ރާއްޖެ އަންނަނީ

ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 50 ރަށެއްގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ހަދަން، އެ ގައުމުގެ ވަފުދެއް އަންނަ މަހު ރާއްޖެ އަންނާނެކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުން އެ މިނިސްޓްރީންވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަންހުރި ކައުންސިލް ޢިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ޗައިނާގެ ސަރުކާރާއިއެކު ލެޓާރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ.

މި މުއާމަލާތް މެދުވެރިކޮށް ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް އިމާރާތްކުރުމަށްޓަކައި ޗައިނާގެ ސަރުކާރުގއެ އެހީގެ ދަށުން މަސައްކަތްތައް ކުރެވިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުކަމަށްވާއިރު ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫޢުގެ ދަށުން 50 ކައުންސިލެއްގެ އިމާރާތް ޑިޒައިންކުރުމާއި އެޅުން ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް، ޗައިނާގެ ވަފުދެއް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: