ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިން ހުންނަ ފަރާތްތަކަށް އާރްޑީސީން ހިންގާ އިންޓާންޝިޕް ޕްރޮގްރާމުގެ 2 ވަނަ ބެޗް ފަށައިފި

ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހިންގާ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗް މިއަދު ވަނީ ފަށައިފައެވެ.

މިނިސްޓްރީން މައުލޫމާތު ދެމުން ބުނެފައިވަނީ، މި ޕްރޮގްރާމަކީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަސް ފަރާތެއް ބައިވެރިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް އާރްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށް، އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މި އިންޓާންޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ބައިވެރިވެ ޕްރޮގްރާމް ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުސަތު ހޯދައިދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އިންޓާންޝިޕް ޕްރޮގްރާމަކީ، މިދިޔަ އަހަރުގެ ޖޫން މަހުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އާރްޑީސީއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ބައިވެރިންނަށް އާރްޑީސީގެ މެއިންޓެނެންސް، ލޮޖިސްޓިކްސް، ސޭލްސް އެންޑް މާކެޓިންގ އަދި ރޯޑް މެއިންޓެނެންސް ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، އެފަރާތްތަކުގެ ހުނަރު ތަރައްގީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: