އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިނާ ޓެންޓަށް ޒިޔާރަތްކުރައްވައިފިއެވެ.
ވަޒީރުގެ މިޒިޔާރަތުގައި ވަނީ މިނާ ޓެންޓުގައި ތިއްބެވި ދިވެހި ޙައްޖާޖީންގެ ޙާލު ބައްލަވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ވަޒީރު ވިދާޅުވީ މިފަދަ މުޙިއްމު އަދި އެހާމެ މަތިވެރި އަޅުކަމެއްގައި ތިބޭއިރު ﷲ ޞުބުޙާނަޙޫވަތަޢާލާއަށް ޝުކުރު އަދާކުރަންޖޭނެކަމަށެވެ.
މީގެ އިތުރުން ކެއްތެރި ވުމަށާއި މިފަދަ މަތިވެރި އަޅުކަމެއް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވަނީވެސް ވަރަށްގިނަ ޝަރުތުތަކަކާއި އެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނަސީބު ލިބުނީތީވެ ﷲ ޞުބުޙާނަޙޫވަތަޢާލާއަށް ޙަމްދުކޮށް ޝުކުރުވެރިމުމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ރާއީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ފަރާތްޕުޅުން ސަލާމާޢީ ހެޔޮ ދުޢާ އެންމެހާ ދިވެހި ޙައްޖާޖީންނަށް އަރިސްކުރައްވާފައެވެ.
ވަޒީރުގެ އަރިހުގައި މިވަގުތު މައްކާގައި ތިއްބެވި ވަޒީރުންވެސް ވަނީ މިނާ ޓެންޓަށް ޒިޔާރަތްކުރައްވާފައެވެ. މި ވަފުދުގައި ވަޒީރު ޑރ. ޝަހީމާއެކު ފޭލިގެއަށް ވަޑައިގަންނަވާފައިވަނީ ޚާރިޖީ ވަޒީރު ޑރ. އަބްދުالله ޚަލީލާއި މާލީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފެވެ.
މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް 1000 ޙައްޖުވެރިންވަނީ ގޮސްފައެވެ. އަދި މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިބީ މިނާ ފޭލިގެތަކުގައެވެ.

