ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭ މަހުގެ ފަހު ހަފްތާގައި ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ލިބުނު: މީރާ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި މޭ މަހުގެ ފަހު ހަފްތާގައި ޓެކްސްގެ ގޮތުގައި ދައުލަތަށް 1.3 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއް ލިބިފައިވެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހުގެ 25 އިން 31 އަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޓުއަރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީގެ ގޮތުގައެވެ. މިގޮތުން ޓުއަރިޒަމް ޖީއެސްޓީގެ ގޮތުގައި 669.11 މިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ޖީއެސްޓީގެ ގޮތުގައި 261.55 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި މުއްދަތުގައި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.12 މިލިއަން ރުފިޔާ ލިބިފައިވާއިރު، ނޮން ރެސިޑެންޓް ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.44 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 121.54 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ޑިޕާޗާ ޓެކްސްގެ ގޮތުގައި 92.73 މިލިއަން ރުފިޔާއާއި އެއަރޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 93.72 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ބިމު ކުލީގެ ގޮތުގައި 396،623 ރުފިޔާ ލިބިފައިވާއިރު، އެހެނިހެން ޓެކްސްތަކާއި ފީގެ ގޮތުގައި 31.14 މިލިއަން ރުފިޔާ ލިބިފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހުގެ ފަހު ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: