ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖުވެރީން ފުރަތަމަ ފަހަރަށް ހައި އިސްޕީޑް ރޭލުގައި މަދީނާއަށް!

ޙައްޖުވެރިން މަދީނާއަށް ފުރަނީ. ފޮޓޯ/ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގުރޫޕު މިއަދު މަދީނާއަށް ފުރައިފިއެވެ.

ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ދަތުރު މި ފަހަރު ކުރާން ހަމަޖެހިފައިވަނީ ހައި އިސްޕީޑު ރޭލުގައެވެ.

މީގެ ކުރީން ބަހުގައި ކުރަމުން އައި ހަ ގަޑި އިރާއި އަށް ގަޑި އިރުގެ ދަތުރުގެ ބަދަލުގައި ދެ ގަޑި އިރުން މަދީނާއަށް ދެވޭ ރޭލުގައި ދަތުރުކުރާ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

މިއީ ޙައްޖުވެރީންގެ ކަންކަން ލުއިފަސޭހަކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ބަދަލުކުރެވުނު ކަމެކެވެ.

ދިވެހި ޙައްޖުވެރީން މަދީނާއަށް ދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު ގުރޫޕަކަށް ބަހައިލައިގެންނެވެ. ޙައްޖުވެރީން ރާއްޖެއަށް އެނބުރި އަންނާން ފުރާނީ މަދީނާއިންނެވެ. ޙައްޖުވެރިން އެނބުރި އަންނާން ހަމަޖެހިފައި ވަނީ މި މަހުގެ 13، 14، 16 އަދި 17 ގައެވެ.

މި އަހަރުު ދިވެހި ޙައްޖުވެރީންނަށް ވަނީ ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންގޮސްފައެވެ.

މިގޮތުން މައްކާރޫޓް އިނީޝިއޭޓިވްގެ ދަށުން ޖިއްދާ އެއާރޕޯރޓްގައި ގިނައިރު މަޑުކުރަން ނުޖެހި އިމިގްރޭޝަންގެ ކަންކަން ފަސޭހަވެގެންދިޔުން ހިމެނެއެވެ.

މީގެ އިތުރުން މިނާގެ ފޭލިގެތަކުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން ދިވެހި ހައްޖުވެރިންނަށް ޙާއްޞަ ކްލިނިކެއްވެސް މިފަހަރު ވަނީ ޤާއިމްކޮށްފައެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ އަޅުކަމަށް ގޮސްފައިވަނީ 1000 މީހުންނެވެ.

ހައްޖުވެރީން އެނބުރި ރާއްޖެ އަންނައިރު އެމީހުންބަލާ އެއަރޕޯޓަށް ދާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިން އެއަރޕޯޓަށް ނުގެންދިއުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ހައްޖުވެރީން އެނބުރި ރާއްޖެ އައުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: