ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ

އެއަރ އިންޑިއާގެ ފްލައިޓެއް ވެއްޓުނު ހާދިސާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ގުޖުރާތުގެ އަހުމަދާބާދުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިއްޖެއެވެ. އިނގިރޭސި ވިލާތަށް ދަތުރުކުރަމުންދިޔަ އެއަރ އިންޑިއާގެ ފްލައިޓް AI 171 ވެއްޓުނީ ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

ގުޖުރާތުގެ ސްޓޭޓް ޕޮލިސް ކޮންޓްރޯލް ރޫމުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ފްލައިޓުގައި 230 ފަސިންޖަރުންނާއި 10 ކެބިން ކުރޫ އަދި 2 ޕައިލެޓުން ދަތުރުކުރަމުން ދިޔައެވެ. ފްލައިޓުގެ ކޮމާންޑު ދެމުން ގެންދިޔައީ 8500 ގަޑިއިރުގެ ތަޖުރިބާ ހުރި ކެޕްޓަން ސުމީތު ސަބަރްވާލް އަދި 1100 ގަޑިއިރުގެ ތަޖުރިބާ ހުރި ފަސްޓް އޮފިސަރ ކްލިވް ކުންދަރެވެ.

އޭ.އެން.އައި ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބޯޓުން އެއަރ ޓްރެފިކް ކޮންޓްރޯލަށް (އޭޓީސީ) މޭޑޭ ކޯލެއް ފޮނުވާފައިވެއެވެ. ނަމަވެސް އެއްވެސް ކޯލަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެއެވެ. އޭގެ ފަހުން އެއަރޕޯޓާ ކައިރި ސަރަހައްދަކަށް ބޯޓު ވެއްޓި، ކަޅު ދުންތަކެއް އަރާ މަންޒަރު ފެނިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް 3 ރެސްޕޯންސް ޓީމާއި އަލިފާން ނިއްވާ ޓީމެއް ވަނީ ފޮނުވާފައެވެ. އިންޑިއާގެ އޭވިއޭޝަން މިނިސްޓަރ ރާމް މޯހަން ނައިޑޫ ވިދާޅުވެފައިވަނީ، ”މި ހާދިސާ ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، މިވަގުތު ހުންނެވީ އެންމެ ހައި އެލާޓުގައި“ ކަމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އިންޑިއާގެ އޮތޯރިޓީތަކުން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: