ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އޮތް ޑިމާންޑު ބޮޑުވުމުން އެއަރ އަރަބިއްޔާގެ ދަތުރުތައް ދެގުނަ!

އެއަރ އަރަބިއްޔާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމާންޑު އިތުރުވަމުންދިއުމާއި ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކޮށްފައިވާކަމަށް އެއަރ އަރަބިއްޔާއިން ބުނެފިއެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އެންމެ ފުރަތަމަ ގާއިމުކޮށްފައިވާ އެންމެ ބޮޑު ލޯކޮސްޓް ކެރިއަރކަމަށްވާ އެއަރ އަރަބިއްޔާއިންވަނީ ޝަރްޖާ އަދި ރާއްޖެ ދެމެދު ދަތުރުތަކުގެ ހިދުމަތް އިތުރަށް ފުޅާކޮށްފައިވާކަން އިއުލާނުކޮށްފައެވެ. މިގޮތުން އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އިތުރު އެއްވެސް ތަނަކަށް ހުއްޓުމެއް ނެތި ދެ ދަތުރުކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.

އެ ކުންފުނިން މި ނިންމުން ނިންމާފައިވަނީ ރާއްޖެއާއި ދެމެދު ދަތުރުތައް ކުރަމުންދާތާ އަހަރެއް ވެފައިވުމާއިއެކުއެވެ. މިކަމުގެ އަމާޒަކީ އެ އެއަރލައިން މެދުވެރިކޮށް ދަތުރުކުރައްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ދިނުމާއި ރާއްޖެއަށް ކުރާ ދަތުރުތަކުގެ ހިތްހަމަޖެހުން އިތުރުކުރުމެވެ.

އެ ކުންފުނީގެ ގުރޫޕު ޗީފު އެކްޒެކިއުޓިވް އޮފިސަރަރ އަދީލް އަލް އަލީ ބުނެފައިވާގޮތުން ރާއްޖޭގައި އެ ކުންފުނިން ދެމުންދާ ހިދުމަތްތައް ފުޅާކުރެވިފައިވުމާއިމެދު އުފާކުރާކަމަށެވެ. އަދި އެ ކުންފުނިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވުމުން މަންޒިލަށް ދަތުރުކުރުމަށްޓަކައި އޮތް ޑިމާންޑުވެސް އިތުރުވަމުންދާކަން ފެނިގެންދާކަމަށް ހިއްސާކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: