ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެގު އަޅުވައި ދޫކުރުމާއި، ކްލެމެންސީ؛ މައްސަލަ ވަނީ އިތުރަށް ގޯސް!

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން، ކުށް ސާބިތުވެފައި ތިބި ބޮޑެތި ކުށްވެރިން ޕެރޯލްގެ ގާނޫނުގެ ދަށުން ދޫވެގެން ދިޔައީ އެއްވެސް ހަމައެއް އުސޫލެއް ނެތި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ނުރައްކާތެރި ކުށްވެރިންކަމަށް ބުނެ އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ފަހު، ސިޔާސީ ބާރުވެރިކަމެއްގެ ތެރެއިން ކޮންމެވެސް ގޮތަކުން އެ މީހާ ދޫވެގެން ދިޔަ އެވެ. އެއަށް ފަހު ދުވަސްތަކަކަށް ފެންނަނީ އެއަށް ވުރެ ބޮޑު ކުށެއްގައި އެ މީހަކު ހައްޔަރު ކުރާ މަންޒަރެވެ.

ގާނޫނީ ނިޒާމުގެ ބާގަނޑުތަކުގެ ތެރެއިންނާއި، ބޮޑެތި އިންތިހާބުތަކާއި ދިމާކޮށް ދޫކުރި ނުވަތަ މައާފު ކުރި އެތައް ބައެއްގެ މިސާލު ފެންނަން އެބަހުއްޓެވެ. ޖިނާއީ މައްސަލައަކަށް ބަލާނަމަ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމް ހަމަލާގައި ހިމެނޭ އެކަކަކީ، އެފަދަ ކުށެއްގައި ޖަލުގައި ހުއްޓައި އެމްޑީޕީގެ ސަރުކާރުން މައާފު ދިން މީހެކެވެ.

އެއީ ޓެރަރިޒަމްގެ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުއްޓައި، ދައުލަތުގެ މައާފު ލިބުނު ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކެވެ. ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކޮށް، އޭނާއަކީ މީގެ ކުރީގައި ވެސް އެފަދަ ކުށްތައް ކުރި މީހެއްކަމަށް ދައުލަތުން ނަގާ ނުކުތާއާއި ދެކޮޅަށް އޭނާގެ ދިފާއަކީ ދައުލަތުން ދިން މައާފެވެ. އަލިމަނިކު ބުނާ ގޮތުގައި، އޭނާ ޓެރަރިޒަމްގެ ކުށެއްކޮށްފާނެކަމަށް ބެލެވޭނަމަ އޭނާއަށް މައާފު ނުލިބުނީހެވެ.

އިންތިހާބުތަކާއި ދިމާކޮށް، ކުށްވެރިން ދޫކޮށް ޖަލު އަދަބަށް މައާފު ދިން އިރު މަރުގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ވެސް ލުއިތައް ދީފައި އެބަހުއްޓެވެ. ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގައި ދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ މައްސަލައިގައި ބޮޑުންގެ ގޮތުގައި ތުހުމަތު ކުރެވުނު ދެ މީހުންނަކީ ވެސް މިހާރު މިނިވަނުންނެވެ. މާދަމާ ވެސް، ދައުލަތުން އެ މީހުންނަށް އޭގެ ބަދަލު ދޭން ޖެހޭކަމަށް ބުނެ ކޯޓަށް ދާންވީ އެވެ.

މީގައި އޮތް އަނެއް ކޮޅަކީ، ހުކުމެއް އަންނަ މީހާ ޖަލުގައި އޮވެ އެ މައްސަލައެއް އިސްތިއުނާފު ކުރުމުން ދެން އެ މަރުހަލާ ކުރިޔަށް ދާގޮތެވެ. ގިނަ ފަހަރަށް އޭނާގެ މައްޗަށް އިސްތިއުނާފު މަރުހަލާގައި ކުށް ސާބިތު ނުވެ ދިޔަ ނަމަވެސް، އޮންނަނީ ހުކުމުގެ ބޮޑުބައި ތަންފީޒުކޮށް ނިމިފަ އެވެ. އެހެން ނޫނީ، ދަށު ކޯޓުގައި ކުށް ސާބިތުވެ އަންނަ ހުކުމަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ބަންދުގައި ހޭދަ ކުރެ އެވެ. އެފަދަ މީހުންނަށް އެ ލިބޭ ގެއްލުން އިޔާދަ ކުރެވޭނެ ގޮތެއް، ނުވަތަ އެ ބަދަލު ދެވޭނެ ގޮތެއް ނެތެވެ.

އާންމު ރައްޔިތު މީހާ، ގަހަކުން އަނބެއް ވަގަށް ނެގީތީ ހައްޔަރުކޮށް ކޯޓުގައި ފުލުހުން ގޮސް އެދެނީ ޝަރީއަތް ނިމެން ދެން އޭނާ ބަންދުކޮށް ދިނުމަށެވެ. އެއީ ނުރައްކާތެރި ކުށްވެރިއަކަށް ވާތީއާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބުނެ އެވެ. މުޒާހަރާއެއްގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހާ ވެސް ނުރައްކާތެރި ކުށްވެރިއަކަށް ހަދައި ބަންދުގެ މުއްދަތު 15 ދުވަހުން، 15 ދުވަހުން ޖަހަ އެވެ.

ރާއްޖޭގެ ޖަލުގައި ކުށްވެރިން ކެޓަގަރައިޒްކޮށް ވަކި ނުކުރާތީ އޮންނަނީ މައްސުނިގަނޑެއްހެންނެވެ. އާއިލާއެއްގެ ދެމެދު ޖެހުނު މައްސަލައެއްގައި މާރާމާރީއެއް ހިންގާ އެއްވެސް ކުށުގެ ރެކޯޑެއް ނެތް މީހާ ބަންދު ޖަހައި ބަންދު ކުރަނީ އެންމެ ބޮޑެތި ކުށްކޮށްގެން ބަންދުގައި ތިބޭ މީހުންނާއި އެކު އެވެ. ކުރާ ކުށުގެ ކުޑަބޮޑު މިނަށް ބަލައި، ތުހުމަތުވާ މީހުން ބަންދު ކުރާއިރު އެ މީހާ ހުރި ހާލަތަށް ރިއާޔަތް ކުރުމަށް ގާނޫނު ލާޒިމް ކުރެ އެވެ.

އާދައިގެ ކުށެއް ކުރި މީހަކާއި، ބޮޑު ޖިނާއި ކުށެއްގެ މައްސަލައިގައި ހައްޔަރު ކުރާ މީހާ އެއް ގޮޅިއެއްގައި ބޭއްވުމުން ނިކުންނަ ނަތީޖާ ގޯސްވާނެކަން ދަންނާން ޖެހެއެވެ. މިގޮތަށް ކުށްވެރިން އެއްކުރުމުގެ ސަބަބުން، އެ މީހުން އިސްލާހުވުމުގެ ބަދަލުގައި އިތުރަށް ވަނީ ގޯހެވެ.

ދެން އޮތް އަނެއް މައްސަލައަކީ، ކުށް ތަންފީޒު ކުރުމުގައި އަންނަ އިންތިހާ ތަފާތު ކުރުންތަކެވެ. ޖަލުގެ ހޫނުކަމާއި، ޖަލުގެ ރަހަ ދެކިފައި ތިބިކަމަށް ބުނާ ސިޔާސީ ވެރީން އެތަނުގައި ތިބީ އިއްޒަތުގަ އެވެ. ދުވަސްކޮޅެއް ފަހުން ގޭބަންދުގައި ތިބެގެން ޖަލު ހުކުމް ތަންފީޒުކޮށް، މައިބަދައެއްގައި ރިއްސާތީ ރާއްޖެއިން ބޭރަށް ދިއުމުގެ ނަސީބު އެބަޔަކަށް ލިބުނަސް އާދައިގެ މީހާއަށް އެ އިންތިޒާމު ހަމަޖެހިގެން ނުދެ އެވެ.

ބަންދުގައި ތިބި އެތައް ބަޔަކު ބޭސް ފަރުވާ ބޭނުން ވާތީ، ގޭބަންދަށް ބަދަލުކޮށްދޭން އެދި ހުށަހަޅަ އެވެ. ޑޮކްޓަރަށް ދައްކައި، ސްޕެޝަލިސްޓެއް ދޭ ޓެސްޓުތައް ހެދިފައި ނެތަސް ދައުލަތުން އެ މީހަލަށް ލުއިދޭން ދެކޮޅު ހަދަ އެވެ. އެ މީހުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ކުޑަ ނަމަވެސް ލުޔެއް ނުދެ އެވެ.

ރާއްޖޭގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކުރާ ގޮތަށް، ޕޯސްޓް ކޮންވިންޝަން ބެއިލްގެ ނިޒާމެއް ނެތުމަކީ ސީދާ ގާނޫނީ މާއްދާއަކަށް ރިއާޔަތް ކުރުމަށް ފަހު ބަންދަށް ލުޔެއް ދިނުމަށް ހުށަނޭޅޭ އެއް ސަބަބެވެ.

މިހާރު އަލަށް ފެށުނު އެއްކަމަކީ، މީގެ ކުރީގައި ވެސް އަމަލު ކުރަމުން އައި ޓެގު އަޅުވައި ދޫކޮށްލުމުގެ ބައެވެ. ވާނުވާ ބަންދުގެ މައްސަލަތަކަށް ނިމުމެއް ގެނައުމުގެ މަގްސަދުގައި، ޓެގު އަޅުވައި ދޫކުރަން ފެށ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: