ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދު ބޭރަށް ފުރި ވާހަކައަކީ ދޮގު ހަބަރެއް: ފުލުހުން

ރައުދު އަހްމަދު ޒިލާލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިމާރާތަކުން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެއްކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އޭނާ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފައެވެ. ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ދައުވާކުރަން ފުލުހުން އެދުނު ނަމަވެސް އެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައެއް ނުވެ އެވެ. އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ނުކުރީ، އޭނާގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމުގައި ފުލުހުން އަމަލުކުރި އިޖުރާއަތު ގޯސްވުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: