ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުން އެނބުރި އަންނަ މީހުންނަށް ފްލޫ ކްލިނިކްތަކެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ހައްޖުވެރިންނަށް ޚާއްޞަކޮށްގެން އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ހޮސްޕިޓަލުގެ މައި ކައުންޓަރު ހުންނަ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކުގެ ޚިދުމަތް ލިބެން ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ރޭގަނޑު 8:00 އަށެވެ. އަދި އައިޖީއެމްއެޗުގެ ކުރީގެ ޖީއޯޕީޑީ ސަރަހައްދުގައި ހުންނަ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10 ގައި ޤާއިމުކޮށްފައިވާ ކްލިނިކުގެ ޚިދުމަތް ލިބެން ހުންނާނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހައްޖުވެރިންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް، ކެއްސައި، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެ އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރުގެ ހައްޖު މޫސުމުގައި ރާއްޖެއިން ދިޔަ ހައްޖުވެރިންގެ ފުރަތަމަ ބެޗް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓަކުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފްލައިޓު މިއަދު މެންދުރު ވަނީ ރާއްޖެ އައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: