ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން އިރާނަށް ދިން ހަމަލާތައް ރައީސް ކުށްވެރިކުރައްވައިފި

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ ދެކޮޅަށް ހިންގި އުދުވާނީ ޙަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ހަކަތަ އުފައްދާ ވަސީލަތްތަކަށާއި އެ ގައުމުގެ އަސްކަރިއްޔާގެ އިސް ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ”މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ވަރަށް ބޮޑަށް ޚިލާފު ޢަމަލެއް“ ކަމުގައެވެ.

މެދުއިރުމަތީގެ ސަރަޙައްދުގައި އިތުރުވަމުންދާ ނުތަނަވަސްކަމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މި ކަންބޮޑުވުން ފާޅުކުރެއްވީ އެ މަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓްގައި ޕޯސްޓު ކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ”މި ހާލަތު އިތުރަށް ގޯސްވެގެން ދިއުމަށް ފުރުސަތު ނުދިނުމުގެ ގޮތުން މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ“ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ވަނީ މިފަދަ ހަމަލާތަކުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މިފަދަ ޙަމަލާތައް ތަކުރާރުވުމަކީ ހަމައެކަނި އީރާނަށް އޮތް ބިރެއް ނޫންކަމަށާއި، އަވަށްޓެރި ޤައުމުތަކަށާއި، މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާނެކަމަށް އެމަނިކުފާނު ވަނީ އިންޒާރު ދެއްވާފައެވެ.

މި ހަމަލާއާ ގުޅިގެން ގިނަ ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މެދުއިރުމަތީގެ ސަރަޙައްދުގައި އިތުރު ހަނގުރާމައެއް ފެށިޔަ ނުދިނުމަށް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: