ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ އީޖާދުތަކުގެ ވާހަކަ ބައިނަލްޢަޤްވާމީ މައިދާންތަކުގައި ދައްކަންޖެހޭ: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި މަސްވެރިންގެ ސިޔާސަތާއި، އިންވެސްޓްމަންޓާއި، އިނޮވޭޝަންތަކުގެ ވާހަކަ ގިނަގިނައިން ބައިނަލްޢަޤްވާމީ މައިދާންތަކުގައި ދައްކަންޖެހޭ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސް ނަގައިގެން ދެމެހެއްޓެނިވިގޮތެއްގައި ކުދި މަސްވެރިކަން މެނޭޖް ކުރުމަށް ބާރުއެޅުމާ ގުޅޭ ޙާއްޞަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ކުދި މަސްވެރި ސިޔާސަތާއި، އިންވެސްޓްމަންޓާއި، އިނޮވޭޝަންތަކުގެ ވާހަކަ ގިނަގިނައިން ބައިނަލްޢަޤްވާމީ މައިދާންތަކުގައި ދައްކަންޖެހޭކަމަށެވެ. އެހެން ނަމަވެސް ކުދި މަސްވެރިކަމުގެ ވާހަކަ އަންނަނީ ބައިނަލްޢަޤްވާމީ މިފަދަ މަޝްވަރާތަކުގެ ހަވާސާގައިކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ މިކަން ބަދަލުވާން ޖެހޭކަމަށެވެ. ކުދި މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާފަހަތުގައި ކަމަށާއި މިކަން ބަދަލުވާން ޖެހޭ ކަމަށް ފާހަގަކުރެއްވައި، ސައިންސާއި ޓެކްނޮލޮޖީގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ސެޝަންގައި ސަރުކާރުތަކުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުދި މަސްވެރިކަން (އެސް.އެސް.އެފް) މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ދިރާސާކޮށްފައެވެ. މީގެ އިތުރުން ކަމާބެހޭ ކޭސް ސްޓަޑީސްތަކާއި ތަޖުރިބާކާރުންގެ މަޝްވަރާތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: