ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓު ސަރަހައްދުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުންގެ މުޢައްސަސާއިން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ޙައްޖުވެރިން ބަލާ އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓްވަނީ ހުކުރުދުވަހުު މެންދުރު 14:00ގައި މާލެ އައިސްފައެވެ.
ދެވަނަ ގްރޫޕް މިއަދު އަންނައިރު ތިންވަނަ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 16 ވާ ހޯމަ ދުވަހުއެވެ. އަދި އެންމެފަހު ގްރޫޕް ރާއްޖެ އަންނާނީ 17 ޖޫން ވާ އަންގާރަ ދުވަހުއެވެ. ޙައްޖުވެރިން އަންނާނީ ސައުދީއާއި އެއާލައިން އަދި މޯލްޑިވިއަންގެ ދެ ފުލައިޓެއްގައެވެ.
މިއަހަރު ރާއްޖެއިން ވަނީ 1,000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ގޮސްފައެވެ.

