ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ އަހަރުގެ ބަޖެޓު ހުސްވާއިރު ކުރެވުނު އެއް ކަމެއްވެސް ނެތް: ނާޒިލް

އިބްރާހިމް ނާޒިލް: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެވަނަ އަހަރުގެ ބަޖެޓު ސަރުކާރުން ހުސްކުރަމުންދާއިރު ކޮށްދެވުނު ކަމެއް ނެތްކަމަށާއި ކުރަމުން އައި ކަންކަންވެސް ހުއްޓިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ބަޖެޓުން ކުރަމުންދާ ބޭނުންތަކާއި ގުޅޭ މައުލޫމާތުތައް ސާފުކޮށްދެވޭނެ ވަޒީރެއްވެސް ނެތްކަމަށާއި ރައީސް އޮފީހުގައިވެސް އެކަން ކޮށްދެވޭނެ ބޭފުޅެއް ނެތްކަމަށެވެ. އަދި ކައުންސިލުތަކަށް ބަޖެޓުން ލިބިގެންދާ ފަސް އިންސައްތަ އެ އިދާރާތަކަށް ހުސް ނުކުރެވޭކަމަށްވުމުން މަސައްކަތްކުރަމުންދަނީ މައި ސަރުކާރުގެ ކޮންމެވެސް އިދާރާއަކަށް އެ ބަޖެޓު ގެނައުމަށްކަމަށް ފާހަގަކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ، ބަޖެޓުގެ 95 އިންސައްތަ ބޭނުންކުރަނީ ސަރުކާރުންކަމަށްވާއިރު ކައުންސިލުތަކަށް ދޭ 5 އިންސައްތަ ހުސްނުކުރެވޭކަމަށްވުމުން ސަރުކާރުން މަސައްކަތްކުރަމުންދަނީ އެ ފައިސާވެސް ހުސްކޮށްލުމަށްކަމަށެވެ. އަދި ހަގީގަތުގައި ލާމަރުކަޒީ ނިޒާމަށް ގެނައުމަށް މަސައްކަތްކުރާ ބަދަލުތަކާއި ކައުންސިލުތަކުގެ ސައިޒު ކުޑަކުރުން ފަދަ މަސައްކަތްތަކަކީ އެ 5 އިންސައްތައިގައި އަތް ނުލެވިގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ތުހުމަތުކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ގެނައުމަށް މަސައްކަތްކުރަމުންދާ ބަދަލުތަކަށް ރައްޔިތުން އާނބަސް ބުނެގެން ނުވާނެކަމަށެވެ. އަދި އެކަމަށް ފުރުސަތު ދީފި ހާލަތެއްގައި ކުރިއަށް އޮތް އިންތިހާބުތައް ރައްޔިތުންނާއި ހިސާބުން ގެއްލި ހިނގައިދާނެކަމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށްފަހު ވުޖޫދުވި އެމްޑީޕީގެ ސަރުކާރުތަކުން ގެނެސްދިން ތަރައްގީތައް އަލުން ހޯދަން ބޭނުންވާނަމަ މި ސަރުކާރަށް ބޮޑުތަކުން ނޫނެކޭ ބުނަން ޖެހޭކަމަށެވެ.

ނާޒިލް ވިދާޅުވީ، ދެވަނަ އަހަރުގެ ބަޖެޓު ހުސްކުރަމުންދާއިރު ކޮށްދެވުނު އެންމެ ކަމެއްވެސް ނެތްކަމަށާއި ކުރަމުން އައި ކަންކަންވެސް ހުއްޓިފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ، އެއީ ގަބޫލުކުރަންޖެހޭނެ ހަގީގަތެއްކަމަށާއި އެ ކަންބޮޑުވުމާއި ގުޅިގެން ސުވާލު ކުރާނެ ވަޒީރަކުވެސް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: