ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނާއި ގުޅޭގޮތުން ޖާސޫސީ އިދާރާތަކުން ދޭ މައުލޫމާތުތައް ގޯސް: ޓްރަމްޕު

ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނު މައްސަލައިގައި އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ދެމުންދާ މައުލޫމާތުތައް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެކޮޅު ހައްދަވައިފިއެވެ.

ނޫސްތަކުން ބުނާގޮތުން ޓްރަމްޕުވަނީ އެމެރިކާގެ ޖާސޫސީ އިދާރާއިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅޭގޮތުން ދީފައިވާ މައުލޫމާތުތައް ސައްހަ ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ގައުމުން ނިއުކްލިއަރ ބޮމެއް އުފައްދާފައިނުވާކަމަށް ޖާސޫސީ އިދާރާތަކުން ދޭ މައުލޫމާތު ރަނގަޅު ނޫންކަމަށް ވިދާޅުވިކަމަށާއި އެ މައުލޫމާތުތައް ހިއްސާކުރެއްވީ މި ދައުރުގައި އެ އިދާރާގެ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައިވާ ތުލްސީ ގައްބާރޑްކަމަށް ބުނެފައިވެއެވެ.

ތުލްސީ މައުލޫމާތު ދެއްވިގޮތުން އީރާނުން ނިއުކްލިއަރ ހަތިޔާރެއް ނުގެންގުޅެއެވެ. އަދި އެ ގައުމުގެ އިސްވެރިޔާ އާޔަތުﷲ ހަމަނާއީ އެފަދަ ހުއްދައެއްވެސް ދެއްވާފައިނުވެއެވެ. އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޓްރަމްޕު ވިދާޅުވީ، އެ މައުލޫމާތުތަކާއި އަމިއްލަ މައުލޫމާތުތަކާއި ފުށުއެރުންތަކެއް ހުރިނަމަވެސް ވަރިހަމައެވެ. އަދި އީރާނުންދަނީ އެފަދަ ހަތިޔާރެއް އުފެއްދުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރަމުންކަމަށް ތުހުމަތުކުރެއްވިއެވެ.

އީރާނުން އެފަދަ ހަތިޔާރެއް ގެންގުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ކޮން ގޮތަކުންތޯ ސުވާލުކޮށް ޖާސޫސީ އިދާރާތަކުގެ މައުލޫމާތު ހިއްސާކުރުމުން ޓްރަމްޕު ވިދާޅުވީ، އެ އިދާރާތަކުގެ މައުލޫމާތު ނުބައިކަމަށެވެ. އަދި އޭނާވަނީ އެފަދަ މައުލޫމާތެއް ދިނީ ކާކުތޯ ނޫސްވެރިންނާއި ސުވާލުކުރައްވާފައެވެ.

ޓްރްމަޕުގެ ޑިފެންސަށް ވަޑައިގެން ތުލްސީވަނީ ފަހުން މިކަމާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އޮތް ހިސާބުން އެ ގައުމުން އެދިފި ހާލަތެއްގައި ހަފްތާތަކެއް ނުވަތަ މަސް ދުވަސްތަކެއްގެ ތެރޭގައި އެފަދަ ހަތިޔާރެއް އުފެއްދިދާނެކަމަށް ޖާސޫސީ އިދާރާގެ މައުލޫމާތުތަކުން ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: