ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްކާ ރޫޓް އިނީޝިއޭޓިވް އާއިއެކު ދިވެހި ހައްޖުވެރިންނަށް ގިނަ ލުއިފަސޭހަތައް ލިބިގެން ދިޔަ: ޝަކީލް

ޝެއާރކޮށްލާ ކަހަލަދޯ؟

މައްކާ ރޫޓް އިނީޝިއޭޓިވްގެ އިތުރަށް ގިނަ ލުއި ފަސޭހަތަކެއް މިފަހަރުގެ ހައްޖުގައި ފަހިކޮށްދެއްވާފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ހައްޖުވެރިންނަށް ގިނަ ލުއި ފަސޭހަތަކެއް އޮތް ކަމަށް ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ ދިވެހި ހައްޖުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މައްކާގައި ރެޖިސްޓާރޑް ކްލިނިކެއް ގާއިމް ވެގެން ދިޔަކަމަށެވެ. ކުރިން ކްލިނިކެއްގެ ގޮތުގައި ބޭނުން ކުރަމުން އައީ ނުވަތަ އެ ހިދުމަތް ދެމުން ގެންދިޔައީ ދިވެހި ނަރުހުންނާއި ޑޮކްޓަރުންނާއިއެކު ފަސްޓްއެއިޑްގެ ހިދުމަތް ކަމަށް ޝަކީލް ވިދާޅުވިއެވެ.

އެހެންނަމަވެސް މިފަހަރު ގާއިމްކުރެވިގެން ދިޔައީ ސައުދީގެ ހެލްތު މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައިވާ އަދި ހަމައެކަނި ދިވެހި ހައްޖުވެރިންނަށް ހިދުމަތް ދިނުމަށް ހާއްސަކުރި ކްލިނިކެއް ކަމަށް ޝަކީލް ވިދާޅުވިއެވެ. އެމްޑީ ވިދާޅުވީ ހައްޖުވެރިން މައްކާ ގޮސް ތިއްބަވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ދިވެހި ހައްޖުވެރިންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ރައީސް ހައްޖުވެރިންނާއި ބައްދަލު ކުރެއްވި ދުވަހު، ހައްޖުވެރިއަކު ބޭހުގެ ކަންކަން ފަސޭހަ ކޮށްދިނުމަށް އެދުމާއެކު އެވަގުތުން ވަގުތައް އެކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ވަނީ ބޭސް ހައްޖުވެރިންނަށް ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާފައި ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

ޝަކީލް ވިދާޅުވީ މައްކާ މަދީނާގެ ބަސް ދަތުރަކީ ހަރަދުގެ ގޮތުންވެސް ބޮޑު އަދި ހައްޖުވެރިންނަށްވެސް ތަކްލީފް ބޮޑު ކަމެއް ކަމަށެވެ. އެކަން ރައީސްއަށް ހިއްސާކުރެއްވުމާއިއެކު މައްކާ-މަދީނާގެ ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރާގޮތަށް ބަދަލު ކުރެވިގެން ދިޔަކަމަށް ވިދާޅުވިއެވެ. އެމްޑީ ވިދާޅުވީ އެކަމުގެ ސަބަބުން ގާތްގަނޑަކަށް 6-8 ގަޑިއިރުގެ ދަތުރެއް 2 ގަޑިއިރަށް ކުރުވެގެން ދިޔަ ކަމަށެވެ.

އެމްޑީ ވިދާޅުވީ މިފަހަރުގެ ހައްޖުގެ ދަތުރަކީ ރާއްޖޭގެ މުޅި ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެންމެ ތާރީހީ އަހަރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: