ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނާއި އީޔޫގެ ގައުމުތައް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ހާރިޖީ ވަޒީރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އިސްރާއީލާއި އީރާނުގެ ދެމެދު ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު އީރާނު އަދި ޔޫރަޕުގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގެ މަގުސަދަކީ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުންކަމަށްވާއިރު ބައްދަލުވުމެއް ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި އެމެރިކާއިން މިކަމުގެ ތެރެއަށް ވަނުމާއިމެދު ގޮތެއް ނިންމުމަށް ކަނޑައެޅިފައިވުން ހިމެނޭކަމަށް ބެލެވޭކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީވަނީ ފްރާންސްގެ ފޮރިން މިނިސްޓަރު އަދި އިނގިރޭސި ފޮރިން ސެކެޓްރީގެ އިތުރުން ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓަރާއި އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލަސްއާއި ބައްދަލުކުރައްވާފައެވެ.

ސްވިޒަލެންޑުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ހައްލެއް ހޯދުމަށް އީރާނުން ތައްޔާރަށް އޮތް މިންވަރު އަންދާޒާކުރެވިގެންދާނެކަމަށް އެކި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. ބައްދަލުމުގެ ބައިވެރިންވަނީ މަޝްވަރާގެ މޭޒަށް ރުޖޫއަވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައިކަމަށްވާއިރު މި ބައްދަލުވުމުން ނަތީޖާއެއް ނެރިވެފައިވާކަމަށް ފެނިގެން ނުދާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އައްބާސްވަނީ އީރާނުން ނިއުކްލިއަރ ޕްރޮގްރާމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރުމަށް ތައްޔާރުކަން ހާމަކުރައްވާފައިކަމަށްވާއިރު އެމެރިކާވެސް ހިމެނޭ ގޮތަށް އެއްބަސްވުމެއް ގާއިމުކުރެވުމުން އެކަމާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރާނެކަމަށް އުންމީދުކުރާކަމަށް ފްރާންސް އިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: