ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޚަލީލް ތުރުކީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ޙާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ތުރުކީއަށް ވަޑައިގެންފިއެވެ.

ޚަލީލް  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ވަޑައިގަތުމާއެކު ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް މަރުހަބާ ދެންނެވިކަމަށެވެ. ޚަލީލް ވަނީ ތުރުކީ ސަރުކާރުން ދިން ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި އިސްލާމީ ދުނިޔޭގައި އެކުވެރި ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް މުޖުތަމައުއަށް ކުރިމަތިވެފައިވާ އެންމެ މުހިންމު މައްސަލަތަކަށް ވަކާލާތުކުރުމަށް އުންމީދުކުރައްވާ ކަމަށް ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އޯއައިސީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު، ތަޤްރީރުކުރައްވާނެއެވެ. މިގޮތުން މި ތަޤްރީރުގައި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާ އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް މިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާނެކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. އަދި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވައި އިސްރާއީލުގެ މައްޗަށް ބައިނަލްޢަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށް ގޮވާލައްވާނެކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އޯއައިސީގައި 57 މެންބަރުން ހިމެނޭއިރު، ރާއްޖެއިން އެ ޖަމުއިއްޔާއާ ގުޅިފައިވަނީ 1976ގައެވެ.

އޯއައިސީއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަހަރުގެ އޭޕްރީލް މަހު، ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރާއި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ތާހާއާއެކު ވަނީ މަޝަވަރާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: