އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ތުރުކީގެ އިސްތަންބުލްގައި ކުރިޔަށް ގެންދާ ޚާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވައިފި އެވެ.
މިއީ ކޮންމެ އަހަރަކު ވެސް އޯއައިސީގެ ގައުމުތަކުގެ ހާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބަދަލުވުމެކެވެ. އަދި މި ބައްދަލުވުމުގައި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލް ތަގުރީރު ކުރައްވާފައި ވަނީ މިއަދު އެވެ.
މި ތަގުރީރުގައި މެދުކެނޑުމެއް ނެތި އިޒްރޭލުން ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް މިނިސްޓަރ ވަނީ ކުށްވެރި ކުރައވާފަ އެވެ. އަދި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އިޒްރޭލުގެ މައްޗަށް ބައިނަލްއަޤުވާމީ ގާނޫނު ތަންފީޒު ކުރުމަށް ގޮވާލެއްވި އެވެ.

