ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމެއް ކުރިއަރުވައި މޮޅެތި ދަރިވަރުން އުފެއްދޭނީ، އިލްމީ ގާބިލު މޮޅު މުދައްރިސުންނާއި އެކު: މިނިސްޓަރ

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއް ކުރިއަރައި މޮޅެތި ދަރިވަރުން އުފެއްދޭނީ، އިލްމީ ގާބިލު މުދައްރިސުންނާއި އެކުކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އޯލެވެލް ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ އެކި ސެޝަންތަކުގައި މިނިސްޓަރ މިއަދު ބައިވެރިވަޑައިގަތެވެ. އެގޮތުން ދުވާލުގެ ސެޝަންގައި މިނިސްޓަރ އަލިއަޅުވާލެއްވީ އިމްތިހާނުގެ ނަތީޖާތަކަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭ ގޮތުންނެވެ.

މިރޭގެ ޖަލްސާގައި މިނިސްޓަރ ވަނީ ތައުލީމީ ނިޒާމަށް ވޭތުވެ ދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ގެނެވުނު ކުރިއެރުންތަކާއި އަދި ބަދަލުތައް ފާހަގަކުރައްވާފަ އެވެ. ގޮންޖެހުންތަކާއި އެކު ވެސް ހޯދި ކާމިޔާބީތަކަކީ މިނިސްޓަރ ވިދާޅުވި ގޮތުގައި ތައުލީމީ ސިޔާސަތަށް ދޭ ސަމާލުކަމާއި އަހަމިއްޔަތު ދައްކުވައިދޭ ހެއްކެކެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއަރުވައި ދަރިވަރުންނަކީ މޮޅު ބަޔަކަށް ހެދުމަށް މަސައްކަތް ކުރާއިރު، މިނިސްޓަރ ވިދާޅުވީ އެކަމަށް އެންމެ މުހިންމީ ގާބިލު ޓީޗަރުން ކަމަށެވެ. އަދި ސަރުކާރުން ދިވެހި ޓީޗަރުން ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު އަދިވެސް ދަތިތައް އެބަހުރިކަމަށެވެ.

އެގޮތުން ޓީޗަރުން ލިބުމުގައި ހުރި ދަތިތަކާއި އެކު، ސެން ޓީޗަރުން ވެސް ހޯދުމުގައި ދަތިތައް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ސެން ޓީޗަރުންގެ 600 ޓީޗަރުންނާއި އެކު ޕްރައިމެރީއަށް ވެސް 200 އެއްހާ ޓީޗަރުން ބޭނުންވާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އެކި ރަށްތަކުގައި ދިވެހި އިސްލާމް ކިޔަަވައިދިނުމަށް ބޭނުންވާ ޓީޗަރުން ވެސް ނުލިބޭ ކަމަށެވެ.

ޓީޗަރުން ތަމްރީނު ކުރުމުގެ ވާހަކަ ދައްކާއިރުގައި އަޅުގަނޑު ހަމަ ތަކުރާރުކޮށް ނަންގަންނަމުންދާ ވާހަކައެއް ޓީޗަރުން ލިބުން ދަތި.. ސެން ޓީޗަރުން މިހާރު ވެސް ގާތްގަނޑަކަށް 600 ޓީޗަރުން ބޭނުންވޭ ޕްރައިމަރީ ދާއިރާއާއި ގާތްގަނޑަކަށް 200  އެއްހާ ޓީޗަރުން ބޭނުންވޭ އެކިއެކި ރަށްރަށުގައި ދިވެހި އިސްލާމް ކިޔަވައިދޭން ބޭނުންވާ މުދައްރިސުންގެ ލިބުމުގެ ދަތިކަން މި ވަނީ އަޅުގަނޑުމެންނަށް ފޯރާފަ… މިއީ އަޅުގަނޑުމެން މުޅި ކޮމިއުނިޓީ ގުޅިގެން މި ތިއްބެވި ދަރިވަރުން މޮޅެތި ދަރިވަރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން.. ތައުލީމީ ދާއިރާއަށް މުދައްރިސުން ކަމުގައި ޕްރިންސިޕަލުން ކަމުގައި ޕޮލިސީ މޭކަރުންގެ ގޮތުގައި.. ގުޅިގެން ދާ މަންޒަރު ފެނިގެން ހަގީގަތުގި އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި މުދައްރިސުން ބިނާ ކުރެވިގެންދާނީ.. މޮޅެތި ޓީޗަރުންނަށް މޮޅެތި ކުދިން އުފެއްދޭނީ… މޮޅެތި މީހުންނަށް ގައުމު ކުރިއެރުވޭނީ..

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަކީ މޮޅު ބަޔަކަށް ހަދައި، ބޮޑެތި ކާމިޔާބީތައް ލިބޭނީ މޮޅެތި މުދައްރިސުން ލިބިގެން ކަމަށެވެ. އަދި އެ ކާމިޔާބީއަށް ވާސިލުވުމަށް ޓީޗަރުންނާއި، ޕްރިންސިޕަލުން އަދި ޕޮލިސީ މޭކަރުން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ގައުމަކަށް ކުރިއެރުން އަންނާނީ މޮޅެތި ޓީޗަރުން ބިނާ ކުރެވި، މޮޅެތި ދަރިވަރުން ބިނާ ކުރެވިގެންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: