ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ޒިންމާދާރުކަމާއި އެކު ގްރާންޓު ފައިސާ ބޭނުން ނުކުރާތީ ރައްޔިތުން ސުވާލު އުފައްދާ: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ބޭނުން ކުރުމަށް ވަކި ލިމިޓުތަކެއް ކަނޑައެޅި، ފައިސާ ދޫކުރުމުގައި ވެސް ބަލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.

މުސްތަފާ މިފަދައިން ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އެ ގަރާރުގައި ވަނީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ނިޒާމުގެ ސަބަބުން ރައްޔިތުންނާއި، ރަށްތަކަށް ލިބުނު ކުރިއެރުމެއް ނެތްކަމަށެވެ. އަދި ތަރައްގީގެ ރޮނގުން ހެޔޮ ބަދަލުތަކެއް ފެނިފައި ނުވާއިރު، ރަށްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިންގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަ ބަޔަކު އިންތިހާބު ކުރާ ނިޒާމަކަށް، މި ނިޒާމު ވެގެން ގޮސްފައިވާކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.

ގަރާރު ބަލައިގަނެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައި ވާތީ، އިދިކޮޅުން ސިފަ ކުރާ ގޮތުން މިއީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓު ކަނޑާލައި މެމްބަރުންގެ އަދަދު މަދު ކުރުމަށް ކުރާ މަސައްކަތެކެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ހުސްނީ ވިދާޅުވީ ކައުންސިލްތަކަށް ދޫކުރާ ގަރާންޓުގެ ވާހަކަތައް ދެކެވެނީ އޭގެ ފަހަތުގައި ސަބަބުތަކެއް އޮވެގެން ކަމަށެވެ. އެގޮތުން ކައުންސިލްތަކުން ގްރާންޓު ބޭނުން ކުރާ ގޮތާއި، އަދި ކައުންސިލްގެ ޒިންމާއާއި މަސްއޫލިއްޔަތުގެ ދަށުން ދާ ކަންކަމުގައި ވެސް ބަޖެޓެއް ނެތްކަމަށް ބުނެ ހަރަދު ކުރުމަށް ދެކޮޅު ހަދާ ސަބަބު ސާފުވުމަށް ރައްޔިތުން ބޭނުންވާކަމަށް ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ އެއްވެސް މިންވަރެއް ބޭނުން ނުކޮށް، އެ ބޭންކު އެކައުންޓުތަކުގައި ހިފެހެއްޓިފައި ހުރުމެވެ. އަދި ބަޖެޓެއް ނެތްކަމަށް ބުނެ ކައުންސިލްތަކުން ޝަކުވާ ކުރާއިރު، ބޭނުންވާ އެހެނިހެން ކަންކަމަށް ހަރަދު ކުރާކަން ރައްޔިތުންނަށް ފާހަގަކުރެވޭކަމަށް ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ގްރާންޓު ބޭނުން ކުރުމަށް ވަކި ލިމިޓުތަކެއް ކަނޑައެޅި، ފައިސާ ދޫކުރުމުގައި ވެސް ބަލަން ޖެހޭ ކަންކަން އެބަހުރިކަމަށެވެ. އަދި ގްރާންޓުގެ ފައިސާ ބޭނުން ކުރަން ޖެހޭނެ ވަކި ދާއިރާތަކެއް ކަނޑައެޅި، ގާނޫނުގެ ދަށުން އުސޫލެއް ލިޔެވިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ނަމަވެސް އެންމެ އެދެވޭ ގޮތުގައި އެ ގްރާންޓުގެ ބޭނުން ނުކުރާ ކަމަށް އެ ތުހުމަތު ރައްޔިތުން އެބަ އުފައްދާ.. އެހެންކަމުން ވާނަމަ އެ ގްރާންޓް ވަކި ގޮތަކަށް ވަކި ލިމިޓްތަކެއްގެ ތެރެއިން ދޫކުރަންޖެހޭ ކަމަށް ވެސް ހުދު ރައްޔިތުން ބުނަމުން އެބަދޭ.. އެހެންވީމާ މިއީ އިތުރަށް ވިސްނަންޖެހޭ ބައެއް.. ގްރާންޓް އެ އޮތް ގޮތުގައި އެކުއެކީގައި ކައުންސިލުތަކަށް ދީގެންތޯ އެކަން ކުރާނީ.. އެ ޒިންމާދާރުކަމާ އެކީ އެކަން ނުކުރުމުގެ ސަބަބުން ރައްޔިތުން ހަގީގަތުގައި އެ ސުވާލު އުފައްދާ.. ހަމައަށް މިދަނީ އެހެންވީމާ ޒިންމާދާރުކަމާ އެކީ އެކަން ނުކުރާ ކަމަށް ވާ ނަމަ ގާނޫނުގެ ތެރެއިން ވަކި ހަމައަކުން ލިމިޓޭޝަންތަކެއް ގެންނަން އެބަ ޖެހޭ އެ ހާލަތުގައި ވަކި ލިމިޓޭޝަންތަކެއް ގެންނާނީތޯ ކޮބާތޯ ކައުންސިލުތައް.. އަޅުގަނޑު ގަބޫލުކުރަން ކައުންސިލުތަކަށް އެކަށީގެންވާ ބަޖެޓު ދީގެން ކައުންސިލުތައް ފުރިހަމައަށް ފަންކްޝަން ކުރަން އެބަޖެހޭ.. އެކަން އެގޮތަށް ކުރުމަށް ޓަކައި މިސާލަކަށް މިހާރުވެސް ފަސް ކައުންސިލަރުންގެ ބަދަލުގައި ތިން ކައުންސިލަރުންނަށް ބަދަލުކޮށް އެ ކައުންސިލުން މުސާރަ ބޮޑުކުރުން..

މީގެއިތުރުން ހުސްނީ ވިދާޅުވީ ކައުންސިލްތަކުން ފައިސާ ބޭނުން ކުރަން ޖެހެނީ ޒިންމާދާރުކަމާއި އެކުކަމަށެވެ. އަދި ގާނޫނުގެ ދަށުން ވަކި ހުދޫދެއްގެ ތެރޭގައި ހަރަދުތައް ކުރުމަށްޓަކައި ކަނޑައަޅަން ޖެހެނީ އެ ސަބަބާއި ހުރެކަމަށް ވިދަޅުވި އެވެ.

ހުސްނީ ވިދާޅުވީ ކައުންސިލްތައް ރަނގަޅު ގޮތުގައި ހިނގާނީ ސަބަބުވެރި ބަޖެޓެއް ލިބިގެންކަން އޭނާ ވެސް ގަބޫލު ކުރާކަމަށެވެ. އެހެން ނަމަވެސް މިވަގުތު އޮތް ސުވާލަކީ ނިޒާމު ހަރަދު ބޮޑުވުމުންނާއި އެކު، ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުންކަމަށް ހުސްނީ ވަނީ ވިދާޅުވެފަ އެވެ.

ހުސްނީ ވިދާޅުވީ ކައުންސިލްތަކުގެ ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކާއިރު، މިއީ ހުރިހާ ކައުންސިލްތަކުގެ ވާހަކައެއް ނޫންކަމަށެވެ. އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ، ގްރާންޓުގެ ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރާ ކައުންސިލްތައް ވެސް އެބައޮތްކަމަށާއި އެހެން ނަމަވެސް ބޭނުން ވަނީ ހުރިހާ ކައުންސިލްތައް ވެސް އެ ކުޑައިގެ ދަށަށް ގެނައުމަށްކަމުގައި ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ކައުންސިލް މެމްބަރުން މަދު ކުރުމަށް ފަހު މުސާރައަށް އިތުރު ބަދަލުތަކެއް ވެސް ގެނެވިދާނެކަމަށެވެ. އަދި ގާނޫނުން ގެންނަ ހެޔޮ ބަދަލުތަކާއި އެކު، ކައުންސިލްތަކަށް ގާބިލު ފަރާތްތައް އައުމުގެ ފުރުސަތު ވެސް ބޮޑުވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: