ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެސްމެންޓުތައް ދަނީ ކުރިޔަށް، މިނިމަމް ވޭޖް ރިވިއުކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިމޭނެ: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުން ލާޒިމް ކުރާ ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖު ރިވިއު ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހަށް ނިންމާލެވޭނެކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރ ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންވާނެކަމަށް ގާނޫނުގައި ބުނެ އެވެ. އަދި ޖެނުއަރީ 2022 އިން ފެށިގެން މިހާތަނަށް 03 ވުރެ ގިނަ ދުވަސްވެފައިވާއިރު މިނިވަން ވޭޖު މުރާޖައާނުކޮށް ލަސްވާތީ އެކަމާއި ގުޅޭ މައުލޫމާތުތައް ސާފު ކުރުމަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ.

ލިއުމުން މައުރޫފް ހުށަހެޅުއްވި ސުވާލުގައި ވަނީ މިނިމަމް ވޭޖު މުރާޖައާނުކޮށް ލަސްވާ ސަބަބު ސާފުކޮށްދެއްވައި، މަސައްކަތް ކުރިޔަށް ދާނަމަ ނިމޭނެ ތާރީހެއް ދެއްވުމަށެވެ.

މި ސުވާލުގެ ޖަވާބު ދެއްވުމަށް މަޖިލިސް ތަޅުމަށް ހާޒިރުވެ މައުރޫފް ވިދާޅުވީ ތާރީހުތައް ދީފައިވާ ގޮތުން ނޮވެމްބަރު 2023 ގައި މިނިމަމް ވޭޖު މުރާޖައާ ކުރަން ޖެހޭކަމަށެވެ. އަދި ލޭބަރ ގެ މެންޑޭޓު އިކޮނޮމިކް މިނިސްޓްރީން، ހަޔަރ އެޑިއުކޭޝަނަށް ބަދަލުކޮށްފައިވާއިރު އެ މަސައްކަތް ކުރީ ސަރުކާރުން އޮތީ އެ މަސައްކަތް އެއްވެސް މިންރަކަށް ކުރިޔަށް ނުގެންގޮސް ކަމަށެވެ.

ހައިދަރު ވިދާޅުވީ މެންޑޭޓަށް އައި ބަދަލާއި އެކު، ހަޔަރ އެޑިއުކޭޝަނުން މިނިމަމް ވޭޖު ބޯޑު އެކުލަވާލުމުގެ މަސައްކަތް އަލުން ފަށައި 2024 ގެ ޖުލައި މަހުގެ ތެރޭގައި ބޯޑު ގާއިމުކޮށް ބައްދަލުވުން ކުރިޔަށް ގެންދިޔަ ކަމަށެވެ. އަދި ވަގުތު ނެގީ މިނިސްޓަރ ވިދާޅުވީ ކުރީގެ ބޯޑުގެ ދިރާސާގެ މަސައްކަތް ފެންނަން ހުރި ލިޔެކިއުންތައް ބޭނުންވުމުންކަމަށެވެ.

ހައިދަރު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގައި މަސައްކަތް ކުރި ޓެކްނިކަލް ގިނަ ބޭފުޅުން އެކި ސަބަބުތަކާއި ހުރެ މަސައްކަތާއި ދުރަށް ގޮސްފައިވާކަމަށެވެ. އެހެންވެ ފަންނީ ލަފާ ހޯދުމުގައި ދަތިތައް ދިމާވިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި މިނިސްޓްރީން ވަނީ އައު އެޑްވައިޒަރީ ބޯޑުގެ ޗެއާމަންއާއި، އިންޓަނޭޝަނަލް ލޭބާރ އޯގަނައިޒޭޝަން އައިއެލްއޯއާއި އެކު ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި.. އަދި އެ ބައްދަލުވުންތައް އެއްބަސްވުންތައް އައިއެލްއޯގެ ފަންނީ އެހީ ހޯދުމަށް ވަނީ ޕްރޮޕޯޒަލްއެއް ހުށަހެޅިފައި.. އަދި އައިއެލްއޯއިން ވަނީ މި ޕްރޮޕޯޒަލްއަށް އެބޭފުޅުންގެ ޓެކްނިކަލް ނޯޓެއް މިދިޔަ މޭއި މަހު ފޮނުވާފައި..

ހައިދަރު ވިދާޅުވީ އައިއެލްއޯގެ ލަފައަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން މިނިމަމް ވޭޖު މުރާޖައާ ކުރުން ކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ޑޭޓާ އެއްކޮށް، ސެކަންޑްރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައިދަރު ވިދާޅުވި އެވެ.

މީގެއިތުރުން އެ އޯގަނައިޒޭޝަނުން ވަނީ ރާއްޖޭގެ ލޭބަރ ފޯސްއާއި ވަކިވަކި ގޭގެއަށް ލިބޭ އާމްދަނީއާއި ހަރަދުތަކުގެ ސާވޭއެއް ހެދުމަށް ވެސް މަސައްކަތް ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: