ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލަ: މަމްދޫހު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) --
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫޙު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި މަމްދޫޙުގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔައީ މި މައްސަލައިގެ ހެކިބަސް ނެގުމުގެ ބައެވެ. އެއަށްފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ މަމްދޫޙުގެ ބަންދާމެދު ގޮތެއް ނިންމަވާފައެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، މި މައްސަލައިގައި މީގެ ކުރިން ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހިފައިވަނީ ދައުވާލިބޭ މަމްދޫޙު އަޑުއެހުމަށް ހާޒިރުނުވާތީ ކަމަށެވެ. އެހެންކަމުން މަމްދޫހު ހާޒިރުނުވެގެން ގިނަ އަޑުއެހުންތަކެއް ކެންސަލްކުރަން ޖެހޭތީ ގާޒީ ވަނީ މަމްދޫޙު ޝަރީއަތް ނިމެންދެން ބަންދު ކުރެއްވުމަށް ނިންމަވާފައެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލައިގައި ކޯޓުގައި އުފުލާފައިވާ ދައުވާތަކުގައި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން، މަނީ ލޯންޑްރިންގއާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ.

މަމްދޫހުގެ ވަކީލުން ނެރުނު ބަޔާނުގައި ވާގޮތުން އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މަމްދޫހު އާއި، ކޮރެއާ ރައްޔިތެއް ހިއްސާވާ ހަންބޯ ކޮމްޕެނީ ލިމިޓެޑް (ހަންބޯ ޓެކް) ކުންފުންޏާއެވެ. އަދި، ޗައިނާގެ ޖިންޝީ ހޫގެ ހިއްސާ އޮންނަ ހަންބޯ މޯލްޑިވްސް އަކީ އެ މަސައްކަތުގެ ލޮޖިސްޓިކްސް ކަންކަން ހަމަޖެއްސުމަށް އެކުލަވާލި ލޯކަލް ކުންފުންޏެއް ކަމަށެވެ.

ހަންބޯ މޯލްޑިވްސްގެ ޗައިނާ ހިއްސާދާރު، ޖިންޝީ ހޫއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ބަޔާނުގައި ވާ ގޮތުން، ކޮވިޑާއި ހަމައަށް ކޭޕާކު ފްލެޓުތަކުގެ މަސައްކަތްތައް ހިނގަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް މަމްދޫހުއާއި ޖިންޝީ ހޫ ދެއާމެދު މައްސަލަ ޖެހުނު ހިސާބުން ހޫ ހަންބޯ ޓެކުގެ އޮފީހަށް ވަދެ، މަމްދޫހުއާއި ދެމެދު މާރާމާރީވެސް ހިންގިއެވެ. އަދި އޮފީހުގައި ހުރި ބައެއް ލިޔެކިޔުންތައް ވަގަށް ގެންގޮސްފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: