ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަންސް ކޮމިޝަނަށް ކައުންސެލް ޖެނެރަލެއް ހޯދަނީ

އިލެކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނަށް ކައުންސެލް ޖެނެރަލްއެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ. 

އީސީން އިއުލާނު ކޮށްފައިވަނީ ސިޔާސީ ޕާޓީތަކާ ގުޅުންހުރި ކަންކަމުގެ މަސައްކަތް ކުރާ ސެކްޝަންގެ ކައުންސެލް ޖެނެރަލެއް ހޯދުމަށެވެ.

މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ރަނގަޅުކުރުމަށާއި، ޤާނޫނު އަސާސީއިން ކޮމިޝަނަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު އުޞޫލުގެ ތެރެއިން ކޮމިޝަނަށް ދިނުން ހިމެނެއެވެ. އަދި ޝަރުއީ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި ކޮމިޝަނުގެ ފަރާތުން ވަކާލާތު ކުރުމާއި، އިންތިޚާބުތަކާ ގުޅިގެން ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން، ބޭއްވެމުންދާ އިންތިޚާބުތަކުގެ ތަޖުރިބާއަށް ބަލައި ޤާނޫނީގޮތުން އިޞްލާޙު ކުރަންޖެހޭ ކަންތައްތައް އިޞްލާޙު ކުރަމުން ގެންދިއުމާއި، އަދި މިކަންކަމަށް ބޭނުންވާ ލަފައާއި އިރުޝާދު ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކޮމިޝަނަށް ދިނުމަކީވެސް ކައުންސެލް ޖެނެރަލްގެ ޒިންމާއެކެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ މީހަކަށްވެސް ވާން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: