ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން އިރާނަށް އަމާޒުކޮށް ދިން ޙަމަލާ ފައްޔާޒް ކުށްވެރި ކުރައްވައިފި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން ދާދި ފަހުން އިރާނަށް އަމާޒުކޮށް ދިން ޙަމަލާ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ކުށްވެރި ކުރައްވައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމަކީ އެއްވެސް ވަރަކަށް ސުލްޙަ ޤާއިމު ކުރެވެން އޮތް މަގެއް ނޫން ކަމަށާއި، އެކަމުން ނުކުންނާނެ ނަތީޖާއަކީ އަޅުވެތިކަން ކަމަށެވެ. އަދި އދ އަކީ ދުނިޔޭގެ ސުލްޙައަށް މަސައްކަތް ކުރަންޖެހޭ ޖަމިއްޔާއެއް ނަމަވެސް، އދ އަށް އެ ޒިންމާ އަދާނުކުރެވޭކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ބާރުވެރި ޤައުމުތަކާއި އެ ޤައުމުތަކުގެ ވާގިވެރިން ފާޅުގައި ގަތުލުއާންމު ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާއިރުވެސް، އދ އިން އެ ޤައުމުތަކަށް ހިމާޔަތް ދެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެހެންނަމަވެސް މުސްލިމު ޤައުމުތައް މިއަދު އަނދަމުންދާ މަންޒަރު ހާމައަށް ފެންނަމުންދާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ލީބިޔާ، ސީރިޔާ، އިރާޤު، އަދި ލުބުނާން ހަލާކުކޮށްފައިވާ ކަމަށާއި، މިހާރު އިރާނަށް ޙަމާލާދެމުންގޮސް އެންމެ ފަހުން ތުރުކީއަށްވެސް ޙަމަލާ ދޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މި ހުރިހާ ޤަތުލުއާންމެއް ހިންގާއިރުވެސް، މުޅި ދުނިޔެ އޮތީ އެ މަންޒަރު ބަލަންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އދ ގައި ސަލާން ޖަހައިގެން އިންސާފު ލިބޭނެކަމަށް އުއްމީދު ކުރުމަކީ ޙައްލެއް ނޫން ކަމަށާއި، މި ދަނޑިވަޅުގައި މުހިއްމީ ޤައުމުތައް އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

ފައްޔާޒް ވަނީ އެމެރިކާއާއި ޒަޔަނިސްޓުން ގުޅިގެން އިރާނާއި، އިރާނުގެ ރައްޔިތުންނަށް އަމާޒުވާ ގޮތަށް ދިން ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަންވެސް ޕޯސްޓުގައި ފާހަގަ ކުރައްވާފައެވެ.

ހަމައެއާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް ސުލްޙަވެރިކަމެއް ނެތި، ދުނިޔޭގެ ސުލްޙަ ޤާއިމު ކުރެވުނުކަމަށް ނުދެންނެވޭނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: