ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2027 ގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިމޭނެ: އިހުސާން

ޝެއާރކޮށްލާ ކަހަލަދޯ؟

2027 ވަނަ އަހަރުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިމިގެންދާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯޕް އައިލެންޑު މަޝްރޫއުގެ މަގްސަދު

ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓްކޮށް، ރަނގަޅު އުޅުން ދަސްކޮށްދިނުމަށްފަހު 18 އަހަރު ފުރުމުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތްކުރާނެ ފެސިލިޓީއެކެވެ. އެގޮތުން، މި ފެސިލިޓީ ގާއިމުކުރެވިގެންދަނީ ކ. އުތުރު ތިލަފާލުގައެވެ. މިއީ، ދިގުމުއްދަތަކަށް، ދެމެހެއްޓެނިވި ގޮތެއްގައި ކުށުވެ ވެށީގައި އުޅޭ ކުޑަކުދިންނަށް ރެހެބިލިޓޭޝަން ދިނުމަށްފަހު މުޖުތަމައުއަށް އަނބުރާ ނެރުމަށް ފުޅާ ދާއިރާއެއްގައި ގައުމީ ސްޓްރެޓެޖީގައި ހިމެނޭ އެއް މަޝްރޫއެވެ.

މީގެއިތުރުން، މި ފެސިލިޓީން އަނބުރާ މުޖުތަމައުއަށް ނެރޭ ކުދިންނަށް ވަޒީފާގެ ތަޖުރިބާ އާއި ފުރުސަތުތައް ހޯދައިދޭނެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ދިފާއީ ބާރުގައި ހިދުމަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މަޝްރޫއުގެ މައިގަނޑު ސިފަތައް

ހޯޕް އައިލެންޑުގެ މަޝްރޫއުގެ މަސައްކަތަށް 15 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭނެހެން ޖުމްލަ 700 މީހުންނަށް ތިބެވޭނެ އެކޮމޮޑޭޝަންނާއި ތައުލީމު ހާސިލުކުރާނެ ސެންޓަރަކާއި ވޮކޭޝަނަލްއާއި ކުޅިވަރު ކުޅޭނެ ޖާގައެއްވެސް ހިމެނޭނެއެވެ. އަދި މި ފެސިލިޓީގައި ބަހައްޓާ ކުދިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ދިނުމަށްޓަކައި ފުލް-ސާވިސް ކްލިނިކާއި 700 މީހުންގެ ޖާގަ ހުރި މިސްކިތެއްގެ އިތުރުން އެ ފެސިލިޓީގައި ބަހައްޓާ ކުޑަކުދިންގެ އާއިލާއިން ޒިޔާރަތްކުރާނެ ތަނެއްވެސް ހިމެނޭނެއެވެ.

މަޝްރޫއުގެ ފައިނޭންސިންގ

މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި 10 މިލިއަން ޑޮލަރު އަރާއިރު، ހޯޕް އައިލެންޑު ފެސިލިޓީ ބިނާކުރުމަށްޓަަކައި 15 މިލިއަން ޑޮލަރު އަރައެވެ. އެގޮތުން، ސަރުކާރުން ވަނީ މި ޕްރޮޖެކްޓަށް ފައިނޭންސްކުރުމަށްޓަކައި ކްރޮސް-ސަބްސިޑައިޒޭޝަން ހިޔާރުކޮށްފައެވެ.

މަޝްރޫއުގެ މިހާރުގެ ހާލަތު

ހޯޕް އައިލެންޑު މަޝްރޫއުގެ މަސައްކަތާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި މިނިސްޓަރ ވިދާޅުވީ، ހޯޕް އައިލެންޑު މަޝްރޫއު ނިންމުގެ މަސައްކަތް މިހާރު ފަށައިފިކަމަށާއި މި މަޝްރޫއު ނިންމުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބިޑްތަކުގެ ތަފްސީލުތައް މި މަހުގެ 25 ވަނަ ދުވަހު ލިބޭނެކަމަށެވެ.

މީގެއިތުރުން އެ ބިޑްތަކުގެ ތަފްސީލުތައް އިވެލުއޭޓްކުރުމަށްފަހު އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ބަޔަކާއި ހަވާލުކުރާނެކަމަށް ވިދާޅުވިއިރު، މި މަޝްރޫއު ނިންމަން ހަމަޖެހިފައިވާ އަމާޒަކީ 2027 ވަަނަ އަހަރު ނިމުމުގެ ކުރިން، ހޯޕް އައިލެންޑު ގާއިމުކޮށް، އެ ފެސިލިޓީގައި ކުޑަކުދިންނަށް ދޭ ހާއްސަ ފަރުވާ ފެށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: