ކުޅިވަރަކީ އެއްބައިވަންތަކަމާއި، ގަދަ ހިތްވަރާއި، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުޅިވަރަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކް ދުވަހުގެ ތަޙުނިޔާ ދަންނަވާ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އޮލިމްޕިކް ދުވަހުގެ ޝިއާރަކީ ”ލެޓްސް މޫވް ޓުގެދާ ފޯ ހެލްތު“ އެވެ. އޮލިމްޕިކް ދުވަސް 2025 ގެ ޝިއާރު ބާރުއަޅަނީ ދުނިޔޭގެ މުޖުތަމައުތައް އެއްތަންވެ، އެކުވެރިކަމާއެކު އެއް ރޫޙެއްގައި ހަރަކާތްތެރިވެ އުޅުމަށެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ގައި އޮލިމްޕިކް ދުވަސް ފާހަގަކުރަނީ 1894 ވަނަ އަހަރު އޮލިމްޕިކް ގޭމްސް އުފެއްދި ދުވަހުގެ ހަނދާނުގައެވެ.

