ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާ އިމާރާތަށް ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި، ވިލިމާލެ ހޮސްޕިޓަލް ވަގުތީގޮތުން ހިންގުމަށް، ވިލިމާލޭގައި ހުންނަ އަމާން ހިޔާގެ އިމާރާތް ހެލްތު މިނިސްޓްރީން މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޙަލީމް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

އަމާން ހިޔާގެ އިމާރާތާއި އެބިމަކީ މީގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްގެ ދަށުގައިވާ ތަނެކެވެ. ނަމަވެސް ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގަމުންދާ ބިމުގައި އެ ހޮސްޕިޓަލްގެ އާ އިމާރާތް ތަރައްޤީކުރުމަށްޓަކައި ވިލިމާލެ ހޮސްޕިޓަލް ތަޅާލައި އެހޮސްޕިޓަލްގެ ޚިދުމަތް ވަގުތީގޮތުން ”އާމާންހިޔާ“ އިމާރާތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްއިން ވަނީ މިނިސްޓްރީ އޮފް ހެލްތަށް މި އިމާރާތާއި ބިން 03 އަހަރު ދުވަހަށް ހަވާލުކޮށްފައެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އާއެކު މިނިސްޓްރީ އޮފް ހެލްތުން އިއްޔެ ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: