މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ކަންކަން ގާތުން ބައްލަވަމުންދާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އީރާނާއި އިސްރާއީލުގެ ދެމެދު ކުރަމުންދާ ހަނގުރާމައިގެ އަސަރުތަކާއި ގުޅޭގޮތުން ހަލީލް ވިދާޅުވީ، އެ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީންނާއި މިޝަންތަކުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި މިވަގުތު ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަަހައްދު ބަންދުކޮށްފައިވުމާއިއެކު އެ ގައުމުތަކާއި، ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޒިޔާރަތްކުރަމުންދާ ރައްޔިތުންވެސް މިކަމަށް ހާއްސަ ސަމާޅުކަމެއް ދެއްވައި ސަރުކާރުތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާކަމަށް ފާހަގަކުރެއްވިއެވެ.

