ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ އަތޮޅަށްވެސް އާރްޓީއެލްގެ ހިދުމަތް ލިބޭނެ!

އާރްޓީއެލް ފެރީތައް ޅ އަތޮޅަށް ފުރުއްމަށް ތައްޔާރުވަނީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ އަތޮޅަށްވެސް އާރްޓީއެލްގެ ދަށުން ހިދުމަތް ދޭން ފަށާފައިވާކަމަށް އެމްޓީސީސީގެ އެސިސްޓަންޓު ޖެނަރަލް މެނޭޖާރ އަބްދުﷲ ފާރިޝް ހުސައިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި އާރްޓީއެލްގެ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖާރ ފާރިޝް ވިދާޅުވީ، ކުރެވެމުންދަނީ ރާއްޖޭގައި އިންގިލާބީ ގޮތެއްގެ މަތިން ފެރީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި އެންމެ ފުރަތަމަ ޒޯން އެކެއްގެ ނަމުގައި ހދ ހއ އަދި ށ އަތޮޅުގައި ހިދުމަތް ފެށިގެންދިޔައިރު ފުޅާކުރަމުންގޮސް ޒޯން ދެއްގައި ޅ އަދި ނ އަތޮޅާއި ޒޯން ފަހެއްގެ ގއ އާއި ގދ އަދި ޒޯން 6 ގައި އައްޑޫ އަތޮޅާއި ޏ އަތޮޅުގައިވެސް ހިދުމަތް ދެމުންދާކަމަށެވެ.

މީގެ ކުރިން އޮޕަރޭޓް ކުރަމުން އައިސްފައިވަނީ ލަކުޑި ފެރީތަކެއް ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަމުންދިޔައީ ވަރަށް ދިގު ރާސްތާތަކަކުން ކަމަށެވެ. އަދި މިކަމަށް ލުއިތަކެއް ގެނެސްދިނުމުގެ ގޮތުން އާރްޓީއެލްގެ ދަށުން ހައިސްޕީޑް ފެރީތަކެއް ތައާރަފްކުރެވިގެންދިޔަކަމަށެވެ. އަދި މިހާރު ރ އަތޮޅަށްވެސް ހިދުމަތް ފުޅާކުރެވިފައިވާކަމަށާއި އެއީ ޒޯން ދެއެއްގެ ދަށުން ބާކީ އޮތް ދެ އަތޮޅުގެ ތެރެއިން އެއް އަތޮޅުކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ ދަތިކަމަށް ހައްލުތަކެއް ލިބިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: